މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,712 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 108 ވަނަ ޞަފްޙާ

އެކްސްގެ 8،000 އެކައުންޓް ބްލޮކްކުރުމަށް އިންޑިއާ ސަރުކާރުން އަމުރުކޮށްފި

އެކްސްގެ 8،000 އެކައުންޓް ބްލޮކްކުރުމަށް އިންޑިއާ ސަރުކާރުން އަމުރުކޮށްފި

އެކްސް ޕްލެޓްފޯމްގެ 8،000 އެކައުންޓް ބްލޮކްކުރުމަށް އިންޑިއާ ސަރުކާރުން އެޕްލެޓްފޯމަށް އަމުރުކޮށްފިއެވެ. މަހުޖަނު އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއަށް 8،000 އަށްވުރެ ގިނަ އެކައުންޓް ބްލޮކްކުރުމަށް އިންޑިއާ ސަރުކާރުން އަމުރުކޮށްފައިވާއިރު، މީގެ ތެރޭގައި ބައިނަލްއަޤްވާމީ ނޫސްވެރި ޖަމާޢަތްތަކާއި، އެކްސްގައި މަޝްހޫރު ބައެއް ޔޫޒަރތަކުގެ އެކައުންޓްތައް ހިމެނެއެވެ. އިންޑިއާ ސަރުކާރުން މި އަމުރު ނެރެފައިވަނީ، އެކްސްގައި ޙަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ބުނެ، މި އެކައުންޓްތަކުގެ...

އަޙްމަދު ދާއޫދު
ޓްރަމްޕާއި ނަތަންޔާހޫގެ ރަޙްމަތްތެރިކަން ނިމުމަކަށް

ޓްރަމްޕާއި ނަތަންޔާހޫގެ ރަޙްމަތްތެރިކަން ނިމުމަކަށް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދުގައި އޮތް ދިގު ތާރީޚީ ރަޙްމަތްތެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް އިސްރާއީލުގެ އާމީ ރޭޑިއޯއިން ރިޕޯޓުކޮށްފިއެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސް ޓްރަމްޕް ވަނީ ނަތަންޔާހޫއާ “ގުޅުން ކަނޑާލުމަށް” ނިންމާފައެވެ. މިގޮތަށް ނިންމުމުގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ނަތަންޔާހޫއާއި އޭނާގެ އެންމެ ގާތް މީހުން “ބޮޑާވެ” އަދި ރައީސްއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާތީ ކަމަށް އެރިޕޯޓްގައި ބުނ...

އަޙްމަދު ދާއޫދު
ބިލްގޭޓްސް ފަގީރުންނަށް އެހީވުމަށް 200 ބިލިއަން ޑޮލަރު ހޭދަކުރަނީ

ބިލްގޭޓްސް ފަގީރުންނަށް އެހީވުމަށް 200 ބިލިއަން ޑޮލަރު ހޭދަކުރަނީ

ދުނިޔެއިން ފަގީރުކަން ނައްތާލުމަށް އެހީވުމަށް 200 ބިލިއަން ޑޮލަރު ހޭދަކުރަން ބިލްގޭޓްސް ނިންމައިފިއެވެ. މައިކްރޯސޮފްޓްގެ ބާނީ އަދި ބިލިއަނަރު ބިލް ގޭޓްސް އޭނާގެ ހަދިޔާކުރުމުގެ މަޝްރޫޢު އަވަސްކުރުމަށް ނިންމާފައިވާއިރު، ގޭޓްސް ވިދާޅުވެފައިވަނީ އޭނާގެ ފައުންޑޭޝަނުން 2045 ވަނަ އަހަރާ ހަމައަށް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށެވެ. ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން މިހާތަނަށް 100 ބިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށް ގޭޓްސް ހާމަކުރެއްވިއެވެ. އަދި ދުނިޔޭގެ ފަގީރުންނަށް އެހީތ...

އަޙްމަދު ދާއޫދު
ޕާކިސްތާނުން އިންޑިއާއަށް އަނެއްކާވެސް ބަދަލު ހިފުމުގެ އިންޒާރުތަކެއް

ޕާކިސްތާނުން އިންޑިއާއަށް އަނެއްކާވެސް ބަދަލު ހިފުމުގެ އިންޒާރުތަކެއް

ޕާކިސްތާނުން އިންޑިއާއަށް އަނެއްކާވެސް ބަދަލު ހިފުމުގެ އިންޒާރުތަކެއް ދީފިއެވެ. ޕާކިސްތާނުގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު އިސްހާޤު ދާރު ވިދާޅުވެފައިވަނީ އިންޑިއާގެ ހަމަލާތަކަށް ޕާކިސްތާނުން ދީފައިވާ ޖަވާބުތަކުގައި “ކެތްތެރިކަން” ދައްކާފައިވާނެ ކަމަށެވެ. ނަމަވެސް އެ ޤައުމަށް އެކަށީގެންވަނީ މިއަށްވުރެ މާ ބޮޑު ބަދަލެއް ހިފުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޕާކިސްތާނުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދުން އިންޑިއާގެ 25 ޑްރޯން ވަނީ ވައްޓާލެވިފައި ކަމަ...

އަޙްމަދު ދާއޫދު
އިންޑިއާ އާ ދެކޮޅަށް ހަމަލާދިނުމަށް ޕާކިސްތާނު ސަރުކާރުން އެ ޤައުމުގެ ބާރުތަކަށް ހުއްދަދީފި

އިންޑިއާ އާ ދެކޮޅަށް ހަމަލާދިނުމަށް ޕާކިސްތާނު ސަރުކާރުން އެ ޤައުމުގެ ބާރުތަކަށް ހުއްދަދީފި

އިންޑިއާ އާ ދެކޮޅަށް ޙަމަލާދިނުމަށް ޕާކިސްތާނު ސަރުކާރުން އެ ޤައުމުގެ އަސްކަރިއްޔާއަށާއި ހަތިޔާރުއެޅި އެހެނިހެން ބާރުތަކަށް ހުއްދަދީފިއެވެ. އިންޑިއާއިން ޕާކިސްތާނަށާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދުތަކަށް ދިން މިސައިލް ޙަމަލާގައި މަދުވެގެން 26 އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. މި ޙަމަލާއަކީ “ޓެރަރިސްޓް ޙަމަލާއަކަށް” ދިން ޖަވާބެއްގެ ގޮތުގައި އިންޑިއާއިން ބުނެފައިވާއިރު، ޕާކިސްތާނުގެ ބަންޑާރަ ނައިބު މި ޙަމަލާ ސިފަކޮށްފައިވަނީ “އުދުވާނީ އަމަލެއް” އަދި...

އަޙްމަދު ދާއޫދު
ޣައްޒާގެ ރެސްޓޯރެންޓަކަށް ހަމަލާދީ 33 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ރެސްޓޯރެންޓަކަށް ހަމަލާދީ 33 މީހުން ޝަހީދުކޮށްލައިފި

ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ރިމާލް ސަރަަހައްދުގައި ހުރި ރެސްޓޯރަންޓަކާއި މާރުކޭޓަކަށް އިސްރާއީލުން ދިން ދެ ހަމަލާއެއްގައި ފަލަސްތީނުގެ މަދުވެގެން 33 ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ ކަމަށް ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ސިއްހީ ވުޒާރާއިން ބުދަ ދުވަހު ބުނެފިއެވެ. އަލް-ވަހުދާ މަގުގައި ހުރި ތައިލެންޑީ ރެސްޓޯރަންޓާއި ކައިރީގައި އޮތް މާރުކޭޓަށް ދިން މި ދެ ހަމަލާ އައިސްފައިވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައެވެ. މި ދެ ތަން ހުރީ ގާތްގަނޑަކަށް 100 މީޓަރު ދުރުގައެވެ. […]

އަޙްމަދު ދާއޫދު
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ތުރުކީ ތައްޔާރު

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ތުރުކީ ތައްޔާރު

އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ވާހަކަ ދެއްކުމަށް މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ތުރުކީ ތައްޔާރަށް އޮތްކަމަށް އުރުދުޣާން ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާ ފޯނުން ވާހަކަދައްކަވައި، އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ތުރުކީން “އެންމެ މަތީ ދަރަޖައަކަށް” މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވާހަކަފުޅުތައް ދައްކަވާފައިވަނީ ބުދަ ދުވަހުއެވެ. ތުރުކީގެ ކޮމިއުނިކޭޝ...

އަޙްމަދު ދާއޫދު
ޗައިނާއިން އިންޑިއާގެ ހަމަލާ ސިފަކުރީ "ހިތާމަވެރި" ކަމެއްގެ ގޮތުގައި، ގޮވާލީ ސުލްހަވުމަށް

ޗައިނާއިން އިންޑިއާގެ ހަމަލާ ސިފަކުރީ "ހިތާމަވެރި" ކަމެއްގެ ގޮތުގައި، ގޮވާލީ ސުލްހަވުމަށް

އިންޑިއާ އިން “އޮޕަރޭޝަން ސިންދޫރު” ގެ ނަމުގައި، ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް ރޭ ދިން މިސައިލް ހަމަލާ “ހިތާމަވެރި” ކަމެއްގެ ގޮތުގައި ސިފަކޮށް، ދެފަރާތުންވެސް ހަމަޖެހުމަށް ޗައިނާއިން ގޮވައިލައިފިއެވެ. ޗައިނާގެ ޚާރިޖިއްޔާ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދު ފަތިހު އިންޑިއާއިން ހިންގި ސިފައިންގެ އޮޕަރޭޝަނަކީ ހިތާމަވެރި ކަމެއްކަމުގައި ޗައިނާއިން ދެކޭކަމަށެވެ. އަދި މިހާރު ކުރިއަށްދާ ހާލަތާމެދު ކަންބޮޑުވާކަމަށެވެ. “އިންޑިއާއާއި ޕާކިސްތާނަކީ...

ޔުމްނާ ޢަލީ
ކަޝްމީރުގެ ކޮންޓްރޯލް ލައިނުގައި ހަމަލާތައް ބަދަލުކުރަން ފަށައިފިން: ޕާކިސްތާން

ކަޝްމީރުގެ ކޮންޓްރޯލް ލައިނުގައި ހަމަލާތައް ބަދަލުކުރަން ފަށައިފިން: ޕާކިސްތާން

ކަޝްމީރުގެ ކޮންޓްރޯލް ލައިނުގައި ހަމަލާތައް ބަދަލުކުރަމުން އަންނަކަމަށް ޕާކިސްތާނުން ބުނެފިއެވެ. ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރ އަޠާއުﷲ ތަރާރު ”އަލްޖަޒީރާ” އަށް މައުލޫމާތު ދެއްވިކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަޝްމީރުގެ ކޮންޓްރޯލް ލައިނުގައި ޕާކިސްތާނުގެ އެއްގަމު ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިވަގުތު ހަނގުރާމަވެރި ހަރަކާތްތައް ހިނގަމުންއަންނަކަމަށް އޭނާ ވިދާޅުވެފަވެއެވެ. ކަޝްމީރުގެ ކޮންޓްރޯލް ލައިނުގެ އިންޑިއާއި ވީފަރާތުގައި ހުރި އިންޑިއާގެ ބައެއް ޕޯސްޓުތައް ހަ...

ޔުމްނާ ޢަލީ
އޮސްޓްރޭލިއާއިން ލަންޑަނަށް ދަތުރުކުރި ފްލައިޓެއް އިމަޖެންސީއަކާ ގުޅިގެން ރާއްޖެއަށް

އޮސްޓްރޭލިއާއިން ލަންޑަނަށް ދަތުރުކުރި ފްލައިޓެއް އިމަޖެންސީއަކާ ގުޅިގެން ރާއްޖެއަށް

އޮސްޓްރޭލިއާގެ ޕާރތުން ލަންޑަނަށް ދަތުރުކުރަމުންދިޔަ ޤަންޓާސް އެއަރލައިންގެ ފްލައިޓެއް މެޑިކަލް އިމަޖެންސީއަކާ ގުޅިގެން ރާއްޖެއަށް ޑައިވާޓްކޮށްފިއެވެ. މި ހާދިސާ ހިނގީ ހޯމަ ދުވަހުގެ ރޭ ޕާރތުން ފުރި ކިއުއެފް 9 ފްލައިޓުގައެވެ. ޤަންޓާސްގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފްލައިޓް ވަނީ ފުރިތާ 8 ގަޑިއިރު ފަހުން މާލެއަށް ޑައިވާޓްކޮށްފައެވެ. ނަމަވެސް މެޑިކަލް އިމަޖެންސީގެ ތަފްސީލާއި، އެހީތެރިކަން ބޭނުންވި ފަރާތުގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. މި ފްލައިޓުގައި 236 ފަސިންޖަރުންނާއި ފުލ...

އަޙްމަދު ދާއޫދު
އިންޑިއާއިން ޕާކިސްތާނަށާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރަށް ހަމަލާ ދީފި

އިންޑިއާއިން ޕާކިސްތާނަށާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރަށް ހަމަލާ ދީފި

އިންޑިއާ އިން “އޮޕަރޭޝަން ސިންދޫރު” ގެ ނަމުގައި، ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް މިސައިލް ހަމަލާ ދީފައެވެ. ޕާކިސްތާނުގެ ފަރާތުން ބައިނަލްވާމީ މީޑިއާއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އިންޑިއާގެ މިސައިލް ހަމަލާތަކުގައި 6 ސަރަޙައްދަކަށް ވަނީ ހަމަލާ ހަމަލާ އަމާޒުވެފައެވެ. މި ހަމަލާތަކުގައި މަދުވެގެން 8 މީހުން މަރުވެ، 35 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އަދި އިންޑިއާގެ މި “ހަނގުރާމަވެރި ޢަމަލު” އަށް ހަރުކަށި ޖަވާބެއ...

ޔުމްނާ ޢަލީ
ޣައްޒާގެ %70 އަށް ވަނުންމަނާކޮށް އެ ސަރަހައްދުތަކުން ފަލަސްތީނު ރައްޔިތުން ނުކުތުން މަޖުބޫރު ކުރަނީ

ޣައްޒާގެ %70 އަށް ވަނުންމަނާކޮށް އެ ސަރަހައްދުތަކުން ފަލަސްތީނު ރައްޔިތުން ނުކުތުން މަޖުބޫރު ކުރަނީ

ޣައްޒާގެ 70 އިންސައްތަ “ނޯ-ގޯ ޒޯން” ތަކަށް ނުވަތަ މަޖުބޫރުން ރައްޔިތުން ނެރުމަށް އަމުރުކޮށްފައިވާ ސަރަހައްދުތަކަށް އިޒްރޭލުން ބަދަލުކޮށްފި ކަމަށް އދ.ގެ ހިއުމަނިޓެރިއަން އެފެއާޒް ކޯޑިނޭޝަން އޮފީހުން (އޯސީއެޗްއޭ) ހާމަކޮށްފިއެވެ. އޯސީއެޗްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގެ ދެކުނުގައި، ރަފާހު ގަވަރނޮރޭޓުގެ ގިނަ ބައެއް މާރޗް މަހުގެ ފަހުކޮޅުން ފެށިގެން ވަނީ “ނޯ-ގޯ ޒޯން” ތަކުގެ ގޮތުގައި އިޒްރޭލް ސިފައިންގެ ފަރާތުން އިޢުލާންކޮށް، މީހުން ފުރުވާލުމުގެ އަމުރު ނެރެފައެވެ. އުތުރުގައި، ޣައްޒާ ސިޓީގެ ހުރި...

އަޙްމަދު ދާއޫދު
އިސްރާއީލުން ޔަމަނުގެ ސަނާ އެއަރޕޯޓަށް ހަމަލާދީފި

އިސްރާއީލުން ޔަމަނުގެ ސަނާ އެއަރޕޯޓަށް ހަމަލާދީފި

ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަނާގެ މައި އިންޓަނޭޝަނަލް އެއަރޕޯޓަށް އިސްރާއީލުން ހަމަލާދީފިއެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހަމަލާގައި އެއަރޕޯޓް “މުޅިން ބޭނުން ނުކުރެވޭ” ވަރަށް ހަލާކުވެފައިވެއެވެ. އަންގާރަ ދުވަހު ދިން މި ހަމަލާގައި ސަނާގެ ސިމެންތި ފެކްޓަރީއަކާއި އެތައް އިންޖީނުގެ ތަކަކަށްވެސް ހަމަލާތައް އަމާޒުކޮށްފައިވެއެވެ. މިއީ އާދިއްތަ ދުވަހު ތެލް އަވީވްގެ ބެން ގޫރިއަން އިންޓަނޭޝަނަލް އެއަރޕޯޓާ ކައިރިއަށް ދިން ހޫތީންގެ ބެލިސްޓިކް މިސައިލް ހަމަލ...

އަޙްމަދު ދާއޫދު
ޖަރުމަނުގެ އައު ޗާންސެލަރަކަށް ކޮންޒަވޭޓިވް ފްރިޑްރިޗް މާޒް

ޖަރުމަނުގެ އައު ޗާންސެލަރަކަށް ކޮންޒަވޭޓިވް ފްރިޑްރިޗް މާޒް

ޖަރުމަނުވިލާތުގެ އައު ޗާންސެލަރަކަށް ކޮންޒަވޭޓިވް ފްރިޑްރިޗް މާޒް އިންތިޚާބުވެއްޖެއެވެ. ޖަރުމަނުވިލާތުގެ ޕާލަމެންޓުން މިއަދު އެ ޤައުމުގެ އައު ޗާންސެލަރަކަށް ކޮންޒަވޭޓިވް ފްރިޑްރިޗް މާޒް އިންތިޚާބުކޮށްފައިވާއިރު، މި އިންތިޚާބުގައި ފުރަތަމަ ބުރުގައި އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން ދެވަނަ ބުރެއް ބޭއްވުނެވެ. 69 އަހަރުގެ މި ލީޑަރު އިންތިޚާބުކުރީ އޭނާގެ އަމިއްލަ ކޮންޒަވޭޓިވް ސީޑީޔޫ/ސީއެސްޔޫ އިއްތިހާދާއި އެމީހުންގެ ޖޫނިއަރ ކޯލިޝަން ޕާޓްނަރ، ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) ގެ މެންބަރުންނެވެ. ޖުމްލަ...

އަޙްމަދު ދާއޫދު
އިސްރާއީލުން އެއްދުވަހެއްގެ ތެރޭގައި ޔަމަން، ލުބުނާން، ސީރިޔާ އަދި ޣައްޒާއަށް ހަމަލާދީފި

އިސްރާއީލުން އެއްދުވަހެއްގެ ތެރޭގައި ޔަމަން، ލުބުނާން، ސީރިޔާ އަދި ޣައްޒާއަށް ހަމަލާދީފި

އިސްރާއީލުން އެއްދުވަހެއްގެ ތެރޭގައި ޔަމަން، ލުބުނާން، ސީރިޔާ އަދި ޣައްޒާއަށް ހަމަލާދީފިއެވެ. ހޯމަ ދުވަހު ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 54 މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ އިސްރާއީލްގެ އައު އޮޕަރޭޝަނެއް ޣައްޒާގައި ފަށާނެ ކަމަށާއި، މި އޮޕަރޭޝަނުގައި ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުން ޣައްޒާނޫން އެހެންތަނަކަށް “ބަދަލުކުރެވޭނެ” ކަމަށެވެ. އިސްރާއީލުން ޣައްޒާއަށް އެޅި ބްލޮކޭޑް 65 ދުވަހަށް ދިގުދެމިފައިވާއިރު، ޣައްޒާ މީޑިއާ...

އަޙްމަދު ދާއޫދު