މޮރިޓޭނިއާގެ ފްލައިޓެއް ރަތް ކަނޑަށް ވެއްޓި، 210 ހައްޖުވެރިން މަރުވި ކަމަށް ބުނެ ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އެ ގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީގެ ޑިރެކްޓަރ އޮފް ހައްޖު، އެލް ވަލީ ތާހާ ވިދާޅުވީ އެ ގައުމުގެ ހުރިހާ ހައްޖުވެރިންވެސް ރައްކާތެރިކަމާއެކު މައްކާއަށް ދެވިފައިވާ ކަމަށެވެ. މިފަދަ ބަޔާނެއް ނެރުނީ ސޯޝަލް މީޑިއާގައި މޮރިޓޭނިއާގެ ހައްޖު ފްލައިޓެއް ވެއްޓުނު ކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރުތަކަކާ ގުޅިގެންނެވެ. މި ދޮގު […]
އަލީ އާދިލް
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާ ދެކޮޅަށް “ލިބެންހުރި ހުރިހާ ވަސީލަތެއް” ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ އެތައް ސަތޭކަ ގާނޫނީ މާހިރުން ގޮވާލައިފިއެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣާއްޒާގައި އިސްރާއީލުން ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާއެކު އޮންނަ ވިޔަފާރީގެ ގުޅުން މުރާޖަޢާކުރުމާއި އިސްރާއީލުގެ ވަޒީރުންގެ މައްޗަށް ދަތުރުފަތުރު ކުރުން މަނާކުރުމާއި ދަޢުވާ އުފުލައި، “ލިބެންހުރި ހުރިހާ ވަސީލަތެއް” ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް އ...
ޔުމްނާ ޢަލީ
ބިލިއަނަރު އީލޮން މަސްކްގެ ވިޔަފާރި ބޭނުމަށް ހިންގާ ސްޕޭސް ފްލައިޓް ކުންފުނި، ސްޕޭސްއެކްސްއިން، ޓެކްސާސްއިން ފުރުވާލި ރޮކެޓް ވެހިކަލް، ސްޓާޝިޕްގެ 9 ވަނަ ޓެސްޓް ފްލައިޓް ދަތުރު ފެށިތާ 30 މިނެޓެއްހާއިރު ތެރޭ ކޮންޓްރޯލް ގެއްލިއްޖެ ވެއްޓިފައިވާކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފިއެވެ. ރޮއިޓަރސްގެ ރިޕޯޓުގައިވާ ގޮތުން، ބުދަ ދުވަހު ސްޓާޝިޕް ވަނީ ރޭވިފައިވާ ވަގުތަށްވުރެ ކުރިން ޖައްވުގެ ތެރެއަށް އަނބުރާ ވަދެފައެވެ. އެއީ ރޮކެޓުގައި ހުރި ލީކެއްގެ ސަބަބުން ބޭރު ޖައްވުގައި ނުހިފެހެއްޓި ދައުރުވާން...
ޔުމްނާ ޢަލީ
މި އަހަރުގެ ކުރީކޮޅު އިޖުތިމާޢީ ހަރަކާތްތައް އިންތިޒާމްކުރުމަށް އެޕަލް އިން ނެރުނު “އެޕަލް އިންވައިޓްސް” އެޕަށް، އެ އެޕް ނެރުނު ފަހުން ފުރަތަމަ ފަހަރަށް އައު ފީޗަރެއް ތަޢާރަފްކޮށްފިއެވެ. މިކަން ހާމަވެފައިވަނީ އެޕް ސްޓޯރއަށް ނެރުނު އައު އަޕްޑޭޓް، ވަރޝަން 1.2 އާއެކުއެވެ. މި އައު ފީޗަރ އަކީ “ލިންކް ޓައިލްސް” އެވެ. މީގެ ކުރިން އެޕަލް އިންވައިޓްސްގައި ހަމައެކަނި އެޕަލް މިއުޒިކްގެ ޕްލޭލިސްޓްތަކާއި އެޕަލް ފޮޓޯސްގެ އަލްބަމްތަކަށް ލިންކް ކުރެވޭ ގޮތް ހުރި ނަމަވެސް، މިހާރު […]
އަޙްމަދު ދާއޫދު
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އަޅުވެރިންނަށް، މުވާސަލާތު ކުރުމަށް ފަސޭހަކޮށް، ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މަސްޖިދުލް ޙަރަމް، މަސްޖިދުއް ނަބަވީ އަދި އެހެނިހެން މުޤައްދަސް ތަންތަނުން ހިލޭ ހަލުވި ސްޕީޑުގެ އިންޓަނެޓް ލިބޭނެކަމަށް ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ 2025 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ހައްޖުވެރިންނަށް މުހިންމު ހުރިހާ މުޤައްދަސް ތަންތަނެއްގައި ހިލޭ ވައިފައިގެ ޚިދުމަތް ފޯރުކޮށްދޭނެ...
އަޙްމަދު ދާއޫދު
ސަޢޫދީ ޢަރަބިއްޔާއަށް 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއާއެކު، މިރެއިން ފެށިގެން ޛުލްޙިއްޖާ މަސް ފެށިގެން ދާނެއެވެ. މާދަމާއަކީ ހައްޖުމަހުގެ 1 ވަނަ ދުވަހެވެ. ސައޫދީއަށް ހަނދުފެނުމާއެކު ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މީލާދީ ސަނަތުން މާދަމާއަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން ޖޫން މަހުގެ ފަސް […]
އަޙްމަދު ދާއޫދު
އެމެރިކާގެ ހަވާއީ-ކެލިފޯނިއާ މަގުން ދަތުރުކުރަމުންދިޔަ ދެ މަތިންދާބޯޓަކަށް އިންޒާރު ދިނުމުގެ ސަބަބުން އެމެޖެންސީގައި ޖައްސައިފިއެވެ. ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ބުނާގޮތުގައި އެމެރިކާގެ ހޮނޮލޫލޫ އާއި ދެކުނު ކެލިފޯނިއާ އާ ދެމެދު ދަތުރުކުރަމުންދިޔަ ދެ މަތިންދާބޯޓު، ސަލާމަތީ ކަންބޮޑުވުންތަކެއްގެ ސަބަބުން އެހެން މަންޒިލަކަށް ވަނީ ޑަައިވާޓްކޮށްފައެވެ. މީގެ ތެރެއިން އެއް މަތިންދާބޯޓު ޑައިވާޓް ކޮށްފައި ވަނީ ބޮމުގެ ބިރުދެއްކުމެއްގެ ސަބަބުންނެވެ. އަނެއް މަތިންދާބޯޓު ބަދަލުކުރެވުނީ ފާޚާނާގެ ލޯގަނޑުގ...
ޔުމްނާ ޢަލީ
މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުން މަނާކުރުމާ ގުޅިގެން މުޒާހަރާ ފަށައިފިއެވެ. މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް (މަހަލް) ކިޔަވައިނުދޭން އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމުމާ ގުޅިގެން، މަލިކު ރައްޔިތުން މިހާރު އިހުތިޖާޖީ މުޒާހަރާއެއް ކުރަމުންދާއިރު، މި މުޒާހަރާގައި ރައްޔިތުން ގޮވާލަނީ ކަރިކިއުލަމްގެ ތެރެއަށް އަލުން ދިވެހި ބަސް ހިމަނައިދިނުމަށެވެ. އިންޑިޔާގެ ތަޢުލީމީ ވުޒާރާއިން ނެރެފައިވާ އަމުރުގައި ވަނީ ލަކްޝަދީބުގެ ސްކޫލުތަކުގައި ބަސް ކިޔަވައިދިނުމުގެ...
އަޙްމަދު ދާއޫދު
މިއަހަރު ނިމުމުގެ ކުރިން ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް އިންޑިއާ ވާނެކަމުގައި އައިއެމްއެފް އިން ބުނެފިއެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރު ނިމުމުގެ ކުރިން އިންޑިއާ ދުނިޔޭގެ 4 ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވެގެންދާނެއެވެ. މިގޮތުން ޖަޕާން ފަހަނައަޅައި، އެމެރިކާ، ޗައިނާ އަދި ޖަރުމަނުގެ ފަހަތުން އިންޑިއާ ހަތަރުވަނައަށް އަރާނެއެވެ. 2014 ވަނަ އަހަރު އިންޑިއާ އޮތީ ދުނިޔޭގެ […]
އަޙްމަދު ދާއޫދު
ހަމާސް އިން އެމެރިކާގެ ހުށަހެޅުމަކަށް އެއްބަސްވެއްޖެ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. އަލްޖަޒީރާ އަށް މަޢުލޫމާތު ދިން މަސްދަރުތަކާ ހަވާލާދީ، އެނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި ހަމާސް ޖަމާއަތުން ވަނީ އެމެރިކާއިން ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދެލިކޮޕީގައިވާ ގޮތުން، 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލައި، ދެ ފިޔަވައްސަކަށް ބަހާލައިގެން އިސްރާއީލުގެ ދިރިތިބި 10 ރަހީނުންނާއި އިތުރު ބައެއް މީހުންގެ ހަށިތައް ދޫކޮށްލުމަށް ހަމަޖެހިފައި...
އަޙްމަދު ދާއޫދު
މައިކްރޯސޮފްޓުން އެ ކުންފުނީގެ މަޝްހޫރު ނޯޓްޕެޑް އެޕްލިކޭޝަނަށް އައު އަޕްޑޭޓެއް ގެނެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލިޔުންތައް އުފެއްދޭ ފީޗަރެއް ތަޢާރަފުކޮށްފިއެވެ. މި އައު ފީޗަރާއެކު، މައިކްރޯސޮފްޓް 365 ނުވަތަ ކޮޕައިލެޓް ޕްރޯ ސަބްސްކްރިޕްޝަން އޮންނަ ފަރާތްތަކަށް، ބޭނުންވާ މަޢުލޫމާތު ދިނުމުން އެއާ އެއްގޮތަށް ލިޔުންތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އަޕްޑޭޓާއެކު، ލިޔުމެއް ފެށުމަށް އުނދަގޫވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި އުފައްދާ ލިޔުންތަ...
އަޙްމަދު ދާއޫދު
ޙައްޖު މަހުގެ ހަނދު އަންގާރަ ދުވަހު ބެލުމަށް ސައޫދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން ގޮވާލައިފިއެވެ. ސައޫދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން އަންނަ އަންގާރަ ދުވަހުގެ ހަވީރު ޙައްޖު މަހުގެ ހަނދު ބެލުމަށް މުސްލިމުންނަށް ގޮވާލައިފައިވާއިރު، މިއީ ޛުލްޤައިދާ މަހުގެ 29 ވަނަ ދުވަހާ ދިމާވާ މޭ މަހުގެ 27 ވަނަ ދުވަހެވެ. އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ހަނދު ފެންނަ ކޮންމެ މީހަކުވެސް އެކަން އެންމެ އަވަހަށް އެންމެ ކައިރީގައި ހުރި ކޯޓަކަށް […]
އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާގެ 10 ހޮސްޕިޓަލަކާއި ކްލިނިކަކަށް ހަފުތާއެއްގެ ތެރޭގައި ހަމަލާދީފިއެވެ. ހާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ފާއިތުވި ހަފްތާގެ ތެރޭގައި ޣައްޒާގެ 10 ހޮސްޕިޓަލާއި ކްލިނިކަށް ހަމަލާދީފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން، އެތަންތަނުން ދެމުން އައި ޞިއްޙީ ޚިދުމަތްތައް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. މިހާރު ކިރިޔާވެސް ޚިދުމަތެއް ލިބެނީ ، ބާކީ ހުރި މަދު ޞިއްޙީ މަރުކަޒުތަކުން ކަމަށްވާތީ އެތަންތަނަށް ވަނީ ބާރު ބޮޑުވެފައެވެ. އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން...
އަޙްމަދު ދާއޫދު
ބޯއިން ކުންފުނިން 1.1 ބިލިއަން އެމެރިކާ ޑޮލަރު ދައްކައި، 346 މީހުން މަރުވި 737 މެކްސް މަރުކާގެ ދެ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ކުރާ ޖިނާއީ ދައުވާއިން ސަލާމަތްވެއްޖެއެވެ. މި އެއްބަސްވުމަށް އެމެރިކާގެ އަދުލުއިންސާފުގެ ވުޒާރާއާ (ޑީއޯޖޭ) އެކު ހުކުރު ދުވަހު ވަނީ އާދެވިފައެވެ. މި އެއްބަސްވުން ގުޅެނީ 2018 ވަނަ އަހަރުގެ ލަޔަން އެއާ ފްލައިޓް 610 އާއި 2019 ވަނަ އަހަރުގެ އިތިއޯޕިއަން އެއާލައިންސް ފްލައިޓް 302 ވެއްޓި ޖުމްލަ 346 މީހުން […]
އަޙްމަދު ދާއޫދު
ޣައްޒާއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއް ޑޮކްޓަރެއްގެ ގެއަށް އަރައި، އޭނާގެ 10 ދަރިންގެ ތެރެއިން 9 ދަރިން މަރުވެއްޖެ ކަމަށް، އޭނާ މަސައްކަތް ކުރާ ޚާން ޔޫނިސް ސިޓީގެ ނާސިރު ހޮސްޕިޓަލުން ބުނެފިއެވެ. ނާސިރު ހޮސްޕިޓަލުން ބުނީ ޑރ. އަލާ އަލް-ނައްޖާރުގެ އެއް ދަރިފުޅާއި އޭނާގެ ފިރިމީހާ އެހަމަލާއިން، ސަލާމަތްވި ކަމަށެވެ. އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އިނގިރޭސި ސަރޖަންއެއް ކަމަށްވާ ގްރޭމް ގްރޫމް، ސަލާމަތްވި 11 އަހަރުގެ ފިރިހެން ކުއްޖާއަށް އޮޕަރޭޝަން ކުރެއްވުމަށްފަހު ބީބީސީއަށް ވިދާޅުވީ، […]
އަޙްމަދު ދާއޫދު