މައި ޚަބަރަށް ދިޔުމަށް

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 58 ވަނަ ޞަފްޙާ

އުނިބުޑެއްގެ ވާހަކަ

އުނިބުޑެއްގެ ވާހަކަ

މިއީ މާލެ އަތޮޅު ގިރިފުށީގައި ހުރި ދުވަސްވީ އުނިގަހެއްގެ ބުޑެވެ. ގިރިފުށްޓަކީ 1986ވަނަ އަހަރުން ފެށިގެން ސިފައިންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރަށެކެވެ. އެތައް ބަޔަކު އަސްކަރީ އެތައް ތަމްރީނުތަކެއް ފުރިހަމަކުރި ޓްރޭނިންގ ކޭމްޕެކެވެ. އެތައް ބަޔަކު ލެއާއި ދަލާ އޮހޮރާލާފައިވާ ވެލިގަނޑެކެވެ. ބައެއް ތަމްރީނު ތަކުގައި ނިޔާވެދިޔަ ސިފައިން މަރުވެގެން ވެއްޓުނު ފަސްގަނޑެވެ. އެ ފަސްގަނޑުގައި ހުރި އުނިގަހެއްގެ ބުޑެވެ. އެ ހާދިސާތަކާއި ހަނދާންތައް މި އުނިގަހު ބުޑުން އެބަ އާކޮށްދެއެވެ...

ޢަބްދުﷲ ސަޢީދު
''ޗީޒީ ޕޮޓޭޓޯ ޕައި'' ވަރަށް ފަސޭހަ، އެހާމީރު!

''ޗީޒީ ޕޮޓޭޓޯ ޕައި'' ވަރަށް ފަސޭހަ، އެހާމީރު!

ޗީޒީ ޕޮޓޭޓޯ ޕައި އަކީ ރޯދަ ވީއްލާ ގަޑި އަދި ތަރާވީސް ގަޑިޔަށް ވެސް ވަރަށް ކަމުދާނެ ކެއުމެކެވެ. ފޮޓޭޓޯ ޕައި އަކީ ކުޑަ ވަގުތު ކޮޅެއް ތެރޭ ފަސޭހައިން ތައްޔާރު ކޮށްލެވޭނެ އެހާމީރު ފައިދާހުރި ކެއުމެކެވެ. ބޭނުން ވާ ތަކެތަ  6 އަލުވި 1 ދަޅު މަސް 1 ފިޔާ (ތުނިކޮށް ކޮށާފަ) 1 މިރުސް (ކުޅިކުރަން ބޭނުންވަރަކަށް) 1 ސައިސަމްސާ މުގުރި ދިރި ރަހަ ލާވަރަށް ލޮނު 7 ބިސް 1 ޖޯޑު މޮޒެރެއްލާ ޗީޒް […]

ޝިއުނާ އާދަމް
އަދިވެސް ފިޠުރު ޒަކާތް ނުދައްކަން؟ ދެއްކޭނެ ގޮތްތަކާއި ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް!

އަދިވެސް ފިޠުރު ޒަކާތް ނުދައްކަން؟ ދެއްކޭނެ ގޮތްތަކާއި ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް!

ފިޠުރު ޒަކާތް ނުވަތަ زكاة الفطر އަކީ ރަމަޟާންމަހު ރޯދަހިފައި ނިމުމުން ޢީދު ނަމާދަށް މީހުން ނުކުތުމުގެ ކުރިން، އޭނާއާއި އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ޢީދުދުވަހާއި އެދުވަހުގެރޭ ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް އޭނާގެ ފަރާތުންނާއި، އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން ނެރުން ފަރުޟުކުރައްވާފައިވާ އެއްޗެކެވެ. ފިޠުރު ޒަކާތުގެ ޙުކުމް ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމު މިނިވަނެއްގެ މައްޗަށްވާ ފަރުޟެކެވެ. ކުޑަބޮޑު އެންމެން ހިމެނޭގޮތުންނެވެ. ފިޠުރުޒަކާތް ވާޖ...

އިބްރާހިމް ޚަލީލް
ސަމާސާ އަދަބު: އިދުރީސްބޭގެ ކުރާ ޝަރީޢަތް

ސަމާސާ އަދަބު: އިދުރީސްބޭގެ ކުރާ ޝަރީޢަތް

އިދުރީސްބޭ ގޭގައި އުޅެނިކޮށް އެއް ދުވަހަކު ސިއްތި ޙުސެންބެ ގޮސް ބުނެފިއެވެ. ކަލޯ އިދުރީހާއެވެ. ކުޑަކުޑަ ޝަރީޢަތެއް ނިންމައިދޭން އަހަރެމެންގެއަށް ހިނގާބަލާށެވެ. އިދުރީސްބޭ ހުސޭނުބެއާއެކު ހިނގައިގަތެވެ. އޭރު އަދި އެއީ ކޮންކަމެއް ކަމެއް ވެސް ނޭނގެއެވެ. އިދުރީސްބެ އެ ގެއަށް ދިއުމުން ބޮޑު އަށިމަތީގައި ސައިކައްކާ ދެ ކުރާ ނެރެފައި ބަހައްޓައިފިއެވެ. އެއީ ވަރަށް ކުޑަކުޑަ ކުރައަކާއި އެ ކުރައަށްވުރެ ތަންކޮޅެއް ބޮޑު ކުރައެކެވެ. ހުސޭނުބެ ބުނެއްޕެވެ. ޝަރީޢަތް ގެންދަންވީ މި ދެ ކުރާގެ މައްޗަށެވެ. މައްސަލައަކީ [...

ޢަބްދުﷲ ސަޢީދު
ޞަލާޙުއްދީން ލިޔުއްވި ސިޔަރަތުގެ ރީތި ތާރީޚީ ދިވެހި ބަސްމަގު

ޞަލާޙުއްދީން ލިޔުއްވި ސިޔަރަތުގެ ރީތި ތާރީޚީ ދިވެހި ބަސްމަގު

ޙަމްޒަތުގެފާނާއި ޢަބްދުاللهِ ބިން ޖުދްޢާނު މިނިވަންކުޅަ ޖާރިޔާ އާއިދެމެދު ދެކެވުނު ވާހަކަތައް ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ރަޙިމަހުﷲ ލިޔުއްވި “ކީރިތި ރަސޫލާގެ ސިޔަރަތު” ފޮތަކީ، ދިވެހީން މޮށެއުޅުނު ރީތި ބަސްމަގެއްގެ އާދަޔާ ޚިލާފު ތާރީޚީ ބަޔާނެއްވެސް މެއެވެ. މިފޮތް ލިޔުއްވައި ނިންމެވިތާ މިއަހަރަށް 87 އަހަރު ފުރޭ އިރު، އަޅުގަނޑުމެންގެ ޅައިރުގައި ތިބި އަޅުގަނޑުމެންގެ މުސްކުޅި ކާފައިންނާއި، މާމައިންނާއި، ބޭބެއިންނާއި، ދައިތައިން، އެބައިމީހުންގެ އާންމު ދިރިއުޅުމުގައި މިކަހަލަ ރީތި، ސާދާ ބަސ...

އަޙްމަދު ސާލިމް
އަންހެނުންގެ ބާރު ގަދަކޮށްއޮތް ރާއްޖޭގެ ރަސްކަމުގެ ނިޒާމު!

އަންހެނުންގެ ބާރު ގަދަކޮށްއޮތް ރާއްޖޭގެ ރަސްކަމުގެ ނިޒާމު!

ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ބޭރުގެ ލިޔުންތެރިން އެންމެ ހައިރާންވި ކަމަކީ އެއީއެވެ. ގިނަ ލިޔުންތެރިންނަށް ދިވެހިރާއްޖޭގެ ޚާއްޞަ ސިފައެއްގެ ގޮތުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ވެސް އެއީއެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އަންހެނުންގެ ބާރުވެރިކަން އޮތް ގޮތެވެ. ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އަންހެން ބޭފުޅުން ރެދަލިކުރެއްވުމެވެ. އަދި ރަސްކަލަކު ހުންނެވިޔަސް ރަސްކަމުގެ ނިޒާމުގައި އަންހެނުންގެ ބާރާއި ދައުރު އޮތްގޮތާއި މިންވަރެވެ. ރާއްޖޭގެ ތާރީޚުގެ ގަނޑުތައް އަވަސްއަވަހަށް އުކާލުމުން ރެ...

ޢަބްދުﷲ ސަޢީދު
އައިސްތޫ މިއަދުވެސް ޕުޑިން ދޯ؟ “ޗޮކްލެޓް ވެފަރ ޕުޑިން”

އައިސްތޫ މިއަދުވެސް ޕުޑިން ދޯ؟ “ޗޮކްލެޓް ވެފަރ ޕުޑިން”

ބޭނުންވާނެ ތަކެތި 8 ވެފަރ 1 ދަޅު ގެރިކިރު 6 ބިސް 1 ސައިސަމްސާ އެސެންސު 1 ސަމްސާ ބަޓަރު 4 ސަމްސާ ހަކުރު ތައްޔާރުކުރާނެ ގޮތް: ހަކުރާއި ބަޓަރު ފިޔަވާ ދެންހުރި ހުރިހާއެއްޗެއް އެއްކޮށް މިކްސްޗަރަށް އެޅުމަށްފަހު ގިރާލާށެވެ. ރަނގަޅަށް ގިރުނީމައި ޓްރޭގައި ބަޓަރ މެލްޓްކޮށްފައި ހަކުރު އަޅާފައި ހަކުރުކޮޅު މުށިކުލަ އަރަންދެން ހޫނު ކޮށްލާށެވެ. އެއަށްފަހު ޓްރޭ އަރިކޮށްލާ ހުރިހާ ތަނެއްގައި ކެރަމަލްކޮޅު ހާކާލާށެވެ. ޓްރޭ ތައްޔާރުވުމުން ބޮޑު ތެއްޔަކަށް ފެންއަޅާފައި އޭގެ ތެރޭގައި […]

ޝިއުނާ އާދަމް
ވާހަކަ: ރަސްރަސްކަލުންގެ އަރިހުގައި އުޅެވޭނީ ބޮލެއް ވެސް ހުރެގެންނެވެ.

ވާހަކަ: ރަސްރަސްކަލުންގެ އަރިހުގައި އުޅެވޭނީ ބޮލެއް ވެސް ހުރެގެންނެވެ.

އެއް ސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނުގެ ބޭސްފަރުވާގެ ކަންތަކުގައި ވަރަށް ތަޖުރިބާކާރު ދުވަސްވީ ހަކީމަކު (ބޭސްވެރިއަކު) ގެންގުޅުއްވިއެވެ. އެއް ދުވަހަކު ރަސްގެފާނު އެބަ ވިދާޅުވެއެވެ. ހަކީމާއެވެ. ދުވަސްވުމުގެ ސަބަބުން މިހާރު ހަކީމު ވެސް ދޭތެރެ ދޭތެރެއިން ބަލިވެ އެބަ އުޅެމުތާއެވެ. އެހެން އުޅޭ ދުވަސްވަރެއްގައި އަހުރެން ބައްޔެއް ވެއްޖެނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ހަކީމު ބޭސްވެރިކަން ދަސްކޮށްދީ ކައިރީގައި ތިޔަ ގެންގުޅޭ ދަރިފުޅު ގަނޑުވަރަށް ގެނެސް ތިޔަ ވަޒީފާގައި ގެންގުޅެންވީ ނޫން...

ޢަބްދުﷲ ސަޢީދު
މީރުކޮށް "ވަޅޯމަހު ފަތް މަސްހުނި" މޮޑޭނެ ގޮތް

މީރުކޮށް "ވަޅޯމަހު ފަތް މަސްހުނި" މޮޑޭނެ ގޮތް

ބޭނުންވާ ތަކެތި 4 ކޮޕީ ފަތް 1 ތަށި ވަޅޯ މަސް 1 ޖޯޑު ހުނި 1/2 ގިތެޔޮ މިރުސް (ހިމުންކޮން ކޮށާފައި) 1 ކުޑަ ފިޔާ (ތުނިކޮން ކޮށާފައި) 3 ހިކަނދި ފަތް (ތުނިކޮން ކޮށާފައި) 1 ސަމްސާ ލިނބޯ ހުތް ރަހަލާވަރަށް ލޮނު ތައްޔާރުކުރާނެ ގޮތް ފަތް ތުނިކޮށް ކޮށާލާ، ކޮށަން ވާނީ ފަތްތަކަށް އެހާބޮޑަށް ނުފިއްތާ ޗަސް ނުވާނެ ހެންނެވެ. އެއަށްފަހު މިރުސް، ފިޔާ، ލުނބޯ ހުތް އަދި ލޮނާއި ވަޅޯ މަސް އެއްކޮން […]

ޝިއުނާ އާދަމް
ފިޠުރު ޒަކާތް ޝަރުޢު ކުރެއްވުމުގެ މަޤުސަދުތައް

ފިޠުރު ޒަކާތް ޝަރުޢު ކުރެއްވުމުގެ މަޤުސަދުތައް

ފިޠުރު ޒަކާތް ޝަރުޢުކުރެއްވުނު މަޤުސަދުތައް ކަމުގައި ޢިލްމުވެރިން މައިގަނޑު ދެ ކަމެއް ފާހަގަ ކުރައްވައެވެ. އެއީ ރަމަޟާން މަހުގައި ރޯދައަށް ހުންނައިރު ކުރެވޭ ބައެއް ކުށްތަކާއި، ރޯދައާ ނުގުޅޭ ކަންކަމާއި، ފާފަތަކާއި، ރޯދައިގެ އަދަބު ތަކާ ޚިލާފަށް ކުރެވޭ ކަންކަން ފަދަ ކަންކަމުން ތިބާގެ ރޯދައަށް ލިބޭ އުނި އިތުރުކަން ފިލުވާލުމެވެ. ބައެއްފަހަރަށް ރޯދައަށް ހުރެވެސް އަޅުގަނޑުމެންނަށް ފާފަތަކަށް އަރައި ގަނެވެއެވެ. އަދި ބައެއްފަހަރަށް ރޯދައާ ނުގުޅޭ ބޭކާރު ކަންކަމުގައިވެސް ވަޤުތުތައް ހޭދަކޮށްލެވެއެވެ. ރުޅި...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މަނަދޫގައި ކުރެވުނު އަދަބީ ފިނި ހަނގުރާމަ

މަނަދޫގައި ކުރެވުނު އަދަބީ ފިނި ހަނގުރާމަ

އެއީ މަނަދޫގައި ވަރަށް އާދަޔާ ޚިލާފު އަދަބީ ރޫޙެއް އުފެދިގެން އުޅުނު ދުވަސްވަރެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވާދައަށް ޅެމާއި ލަވަޔާއި ރައިވަރާއި ބަންޖާއި ފަރިހި ހަދައި އުޅުނު ދުވަސްވަރެކެވެ. ހެނދުނު އިރު އަރާއިރު އަދަބީ އުފެއްދުންތައް ތަންތަނުގައި ހިއްޕާފައި ހުއްޓާ ފެނިދާނެއެވެ. ނޫނީ ގޭގޭގެ ބޮޑުދޮރު ދޮށުން ނުވަތަ ކުޑަދޮރަކުން ގޭތެރެއަށް އެއްލާފައި އޮއްވައި ފެނިދާނެއެވެ. ލިޔެފައިވާ ޝާއިރުގެ އަސްލުނަމެއް ނޭނގޭނެއެވެ. ހުންނަނީ މުޅިން ވެސް ގަލަމީ ނަމެވެ. އެ ނަންތައް އޭރު ވަރަށް މަޝްހޫރެވެ. […]

ޢަބްދުﷲ ސަޢީދު
ގަދަ ހިފުމަކަށް، އެންމެ މީރީ ޑެވިލްޑް ޗިކަން؟ ނޫނީ ޑެވިލްޑް ފިސް؟

ގަދަ ހިފުމަކަށް، އެންމެ މީރީ ޑެވިލްޑް ޗިކަން؟ ނޫނީ ޑެވިލްޑް ފިސް؟

ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ކެއުންތަކުގައި އާންމުކޮން ބޭނުންކުރާ މަހުގެ ބާވަތް ތަކުގެ ތެރޭގައި ހިމެނޭ ދެބާވަތަކީ ކުކުޅު މަހާއި ކަނޑުމަހެވެ. ޑެވިލްޑް ފިސް ނުވަތަ ޑެވިލްޑް ޗިކަން ގެ މެދުގާ އަބަދުވެސް ވާދަވެރިކަމެއް އޮވެއެވެ. އެގޮތުން މި ރެސިޕީގައި މި އަލިއަޅުވާލަނީ މިދެ ކެން ތައްޔާރުކުރާނެ ގޮތެވެ. މެރިނައިޓް ކުރަން ބޭނުންވާ ތަކެތި: 3 ޖޯޑު ބޯންލެސް ޗިކަން ނުވަތަ ކަނޑު މަސް 1 ސަމްސާ ސޯޔާ ސޯސް 1 ސަމްސާ އަސޭމިރުސް 1 ސައިސަމް […]

ޝިއުނާ އާދަމް
ފަހުދިހައިގެ ރޭތައް އިޙްޔާކޮށް ދިރުވުމަށް، ކުރެވިދާނެ 6 ކަމެއް؟

ފަހުދިހައިގެ ރޭތައް އިޙްޔާކޮށް ދިރުވުމަށް، ކުރެވިދާނެ 6 ކަމެއް؟

ރަމަޟާން މަހުގެ އަޅުކަމުގެ ބަހާރު މޫސުމުގެ މާތައް އެންމެ ގަދައަށް ފޮޅިގަންނަ ދުވަސްވަރާ އަހަރެމެން މިވަނީ ކުރިމަތި ލާފައެވެ. އާދެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކެވެ. މި ދުވަސްތަކަކީ އެދުވަސްތަކެއްގައި ނަބިއްޔާ އާއި ޞަޙާބީން އަދި މާތް ސަލަފުއްޞާލިހުން އަޅުކަމުގައި އެންމެ ހީވާގިވެލެއްވި ދުވަސްތަކެވެ. އެގޮތުން، މިބަރަކާތްތެރި ރޭތަކުގައި ކުރެވިދާނެ ކަންކަމާ މެދު ވާހަކަދައްކާލަމާ ހިނގާށެވެ. ދަމު ނަމާދު ކުރުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. “އީމާން...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ރޯދަ މަސް ފެށުނީންސުރެއް، އަހުމަދު ރޮނީ "ކްރީމީ ކަނަމަދު ކޭކު" ކާހިތުން!

ރޯދަ މަސް ފެށުނީންސުރެއް، އަހުމަދު ރޮނީ "ކްރީމީ ކަނަމަދު ކޭކު" ކާހިތުން!

ކަނަމަދުން ތައްޔާރުކުރާ ކެއުމުގެ ބާވަތްތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ބާވަތްތަކެކެވެ. ފަހަކަށް އައިސް ރޯދަމަހުގެ ސުފުރާމަތިން ކަނަމަދުން ތައްޔާރުކޮށްފައި ހުންނަތަން އެންމެ ގިނައިން ފެންނަނީ ކަނަމަދު ކޭކެވެ. ނަމަވެސް މިއަދު މިކިޔާދެނީ “ކްރީމީ ކަނަމަދު ކޭކު” ތައްޔާރު ކުރާނެ ގޮތެވެ. ކޭކަށް ބޭނުންވާނެ ތަކެތި: 1 ޖޯޑު ފުށް 1/2 ޖޯޑު ހަކުރު 1/2 ޖޯޑު ކަނަމަދު (އެހާ ހިމުން ނުކޮށް މުގުރާފަ) 2/3 ޖޯޑު ތެޔޮ 3 ބިސް 1/2 ސައި ސަމްސާ ބޭކިންގް ޕައުޑަރ […]

ޝިއުނާ އާދަމް
ގަސް ގުރުޑުވުން: އަސްލަކީ ކޮބާ؟

ގަސް ގުރުޑުވުން: އަސްލަކީ ކޮބާ؟

ގުރުޑަކީ އޭގެ ޒާތުގައި ބަދަލެކެވެ. ގަހުގެ ފަތްތަކާއި ކުރިތަކަށް އަންނަ ބަދަލެކެވެ. އެއީ ފަތް ރޫޖެހުމެވެ. ފަތް ބޯވުމެވެ. އޮމާންވެ ފަތްތަކުގެ ސިފަ އައިބުވުމެވެ. ހަރުވެ ހިކުމެވެ. ބައެއް ފަހަރު މި ހުރިހާ ބަދަލެއްް އައުމެވެ. އަނެއްބައި ފަހަރު ކޮންމެވެސް އެއް ބަދަލެއް ނުވަތަ ބަދަލުތަކެއް އައުމެވެ. އަހަރެމެން ކިޔަނީ ގުރުޑުވީއެވެ. ނުވަތަ ގުރުޑުބަލި ޖެހުނީއެވެ. މިވީގޮތަކީ މާ ހޫނުގަދަވުން، މާ ފިނިގަދަވުން ނުވަތަ ވާރޭފެން ޖެހުން ފަދަ ގުދުރަތީ ކަމަކާހެދި ފަތްތަކަށް މި ދެންނެވި ބަދަލުއައީ […]

ހުބާ ޕްލާންޓްސް