ޗީޒީ ޕޮޓޭޓޯ ޕައި އަކީ ރޯދަ ވީއްލާ ގަޑި އަދި ތަރާވީސް ގަޑިޔަށް ވެސް ވަރަށް ކަމުދާނެ ކެއުމެކެވެ.
ފޮޓޭޓޯ ޕައި އަކީ ކުޑަ ވަގުތު ކޮޅެއް ތެރޭ ފަސޭހައިން ތައްޔާރު ކޮށްލެވޭނެ އެހާމީރު ފައިދާހުރި ކެއުމެކެވެ.
ބޭނުން ވާ ތަކެތަ
- 6 އަލުވި
- 1 ދަޅު މަސް
- 1 ފިޔާ (ތުނިކޮށް ކޮށާފަ)
- 1 މިރުސް (ކުޅިކުރަން ބޭނުންވަރަކަށް)
- 1 ސައިސަމްސާ މުގުރި ދިރި
- ރަހަ ލާވަރަށް ލޮނު
- 7 ބިސް
- 1 ޖޯޑު މޮޒެރެއްލާ ޗީޒް
އަލުވި ފެނުކައްކާފައި ސާފުކޮށްލުމަށްފަހު 4 އަލުވި ފޮތިކޮށްލާށެވެ. ތަވަޔަށް ތެޔޮ ފޮދެއް އަޅާފައި ހޫނު ވީމަ އަލުވި ފޮތިތައް އަތުރާލާށެވެ.
ބިހުގައި އަސޭމިރުސް އަދި ލޮނު އެއްކުރުމަށްފަހު ގިރާލާށެވެ. ފިޔާ، މިރުސް، ލޮނު، ދިރި، މަސްދަޅު، 2 އަލުވި އެއްކޮށް މޮޑެ ލާށެވެ. ރަނގަޅަށް މޮޑެވުނީމަ ތަވާގައި އެތުރި އަލުވި ފޮތިތައް މައްޗަށް މޮޑުނު ތަކެތި އަޅާލާށެވެ. އެއަށްފަހު މަސްގަނޑު މަތީގައި އަލުވި ފޮތިތައް އަތުރާލާށެވެ. ގިރާފައި ބެހެއްޓި ބިސް އަލުވި ތަކު މައްޗައް އަޅާލާފައި މަޑު ގިނީގައި މަތި ޖަހާގެން ދެފުށް ވެސް ފިހެލާށެވެ.
ފިހެވުނީމަ މައްޗަށް ޗީޒް އަޅާލާ ފައި މެލްޓް ވަންދެން ފިހެލާށެވެ. މިކަމަށް ނަގާނީ 5 ވަރަކައް މިނެޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!