ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (6)
ކުރީ އަދަދާއި ގުޅޭ އެއީ އޭނާ ކުރެހި ކުރެހުމެވެ. މިހާރު އެ ކުރެހުމުގައިވި މަންޒަރު އަނެއްކާ ވެސް ބަދަލުވެފައިވި ހެން ޝެލިންއަށް ހީވިއެވެ. ކުރެހުމުގައި ފެންނަން އިން އަންހެންކުއްޖާގެ ފަހަތުން ހުރި ފަނޑު ސޫރަ ލޮލުގައި އަޅައިގަތުމާއެކު ހިތަށް ފާޑެއްގެ ގޮތެއްވިކަން އެނގުނެވެ. ހަމަ ގައިމު ވެސް އެއީ އޭނާ ކުރެހި ކުރެހުން ނޫންކަން ޝެލިންއަށް ޔަގީނެވެ. ވީއިރު އެ ކޮޓަރިއަށް އިތުރު މީހަކު ވަނީތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. އެނދުމައްޗަށް ގަނޑު ދޫކޮށްލުމާއެކު ޝެލިން […]