ކާމިޔާބު މީހުންނަކީ ނިންމުންތައް ނިންމާ މީހުންނެވެ. ނިންމުންތައް ދަންމާ މީހުންނެއް ނޫނެވެ.
އަހަރެމެން ކޮންމެ މީހަކުވެސް ކާމިޔާބު މީހަކަށް ވާން ބޭނުމެވެ. އެހެންމީހުންގެ ރުހުމާއި ގަބޫލު ލިބިގެން އުފަލުގައި އުޅޭ މީހަކަށްވާން ބޭނުމެވެ. އެއީ އިންސާނީ ތަބީއަތެވެ. އެކަމަކު އެއީ އަގުދީގެން ލިބޭ ދިރިއުޅުމެކެވެ. ބައެއްފަހަރު އެގޮތުން ދޭންޖެހޭ އަގަކީ، ތިމާއަށް ތަހައްމަލު ނުކުރެވޭވަރުގެ އަގެކެވެ. އެއަގު ދައްކަަން ޖެހިލުންވާވަރުގެ އަގެކެވެ. ކުރިމަގު އެކަކަށްވެސް ނޭގޭތީއެވެ. އެއީ އިންސާނީ ތަޖުރިބާއިން ދަސްކޮށްދޭ ބޮޑުފިލާވަޅެވެ. ކާމިޔާބު މީހުންނަކީ ނިންމުންތައް ނިންމާ މީހުންނެވެ. ނިންމުންތައް ދަންމާ...