ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (1)
މަގުތައް ސާފު، އަމާން ރަށެކެވެ. ރަށުތެރޭގައި ހިނގަމުންދާއިރުވެސް މީހަކު ފެންނަނީ މަދު މަގަކުންނެވެ. ގިނައިން ފެންނަނީ ބައިސްކަލްތަކުގައި އުޅޭ ކުޑަކުދިންނެވެ. ތެޅިގަލުން ރާނާ، ސިމެންތި ނުޖަހާ ހުންނަ ގޭގެ ވަރަށް ގިނައެވެ. އާއްމުކޮށް ރާއްޖެތެރޭގެ ރަށްރަށުގައި ވަށާފާރު ނަގާފައި ހުންނަކަން އެނގެއެވެ. ނަމަވެސް މިރަށުގެ ގެތައް އެއްގެއާއި އަނެއްގެ ވަކިކޮށްފައި ހުންނަނީ ކޮންމެވެސް ކަހަލަ ބަގީޗާ ގަސްތަކުންނެވެ. އެމަންޒަރު ފެނި، ހިތަށް އުފާވެރިކަން ލިބޭކަހަލައެވެ. ” ތީ ކޮންރަށެއްގެ ކުއްޖެއްތަ؟” ފަހަތުން އި...