ސިލްސިލާ ވާހަކަ: ޙައްޤުގައި (13)
ކުރީގެ ޢަދަދާއިގުޅޭ، ” އަހަންނަށް މަޢާފްކުރޭ ޝެރީން! ” ޝާމިން އަވަސް އަވަހަށް ބުންޏެވެ. އޭރުވެސް ޝެރީންއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. ” ނުދޭ! ޕްލީޒް….” ޝާމިންއަށް ބުނެވުނެވެ. އެއާއިއެކު ކަރުނައިން ފުރިގެންވާ ލޮލަކުން ޝެރިން ހިނިތުންވެލިއެވެ. ” ޝާމިން؟ އަހަންނަށް މި ފެންނަނީ ޙަޤީޤަތެއްތަ؟ ” ޝެރީންގެ ޖުމްލައަށް ޝާމިން ބޯޖަހާލިއެވެ. އެއާއެކު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ޝާމިންގެ ގައިގައި ބާރުބާރަށް ބައްދައިގަތެވެ. ޝެރީންގެ އެ ބަރަކާތުން ޝާމިންއަށް ލިބު...