ހައްދުފަހަނަޅުމުގެ ނިޝާންތަކާއި އެ ފިކުރުގެ ނުރައްކާތެރިކަން!
ހައްދުފަހަނަޅުމަކީ އުންމަތަށް ދިމާވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. އެކަމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ މުސްލިމުންނަށެވެ. އެހެނީ، ހައްދުފަހަނަޅި މީހުންގެ އުދަނގުލާއި ތުރާ އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހޭ ބަޔަކީ އާންމު މުސްލިމުންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ޚުދު އެކަލޭގެފާނަށް ވެސް އެފަދަ މީހުންގެ އުދަނގޫތައް ބަރުދާސްތުކުރައްވާން ޖެހިވަޑައިގަތެވެ. އެ މީހުންގެ ރޫޙާނީ ބައްޕަކަމަށްވާ ޛުލްޚުވެއިޞިރާ އެކަލޭގެފާނާ މުޚާޠަބުކޮށް ބުނީ، އޭ މުޙައްމަދެވެ! ކަލޭގެފާނު ޢަދުލުވެރިވާށެ...