ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (11)
ކުރީގެ ޢަދަދާއިގުޅޭ: ” އެކަމަކު އަހަރެން؟ އަހަންނަށް މިލިބުނީ ހިތްދަތިކަމާ، ދާއިމީ ނިކަމެތިކަމެއް!” އުޝާ އެހެން ބުނުމުން ހައިރާންކަމާއެކު ނަދާއަށް ބަލާލެވުނީ ޒައިންއަށެވެ. ” ރަށުން އަނެއްކާ ކަމެއް ދިމާވީތަ؟ އަހަންނަށް އުޝާ އުޅޭކަންވެސް އެނގުނީ މިއަދު” ޒައިންގެ އަތުން ދޫކޮށްލަމުން ނަދާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. ކޮޅަށް ގިނައިރު ހުންނަން އުނދަގޫވާތީ އުޝާ އެނދުގައި އިށީނދެލިއެވެ. އޭރުވެސް ކުރިމަތީގައި ފަޓްލޫންގެ ދެޖީބަށް އަތްޖަހާލައިގެން ޒައިން ހުއްޓެވެ. ” ތަޤްދީރުގައި ރޭވިފައިވާ ގޮތަށް ހުރިހާ ކ...