މިއަދު ރޯދަ ވީއްލަން ޗޮކުލެޓު އައިސްކްރީމް ކޭކެއް ހަދަމާ ހިނގާށެވެ. ރޯދަވީއްލާ ގަޑިއަށް ނުވަތަ ތަރާވީސް ގަޑިއަށް ވެސް ވަރަށް ކަމުދާނެ އެވެ. ފިނިކޮށްފައި އަދިވަރަށް މީރުވާނެ އެވެ. ބޭނުންވާތަކެތި އާދައިގެ ކޭކުފުށްޕެކެޓަކުން ފިހެފައިވާ ޗޮކުލެޓު ކޭކެއް 1 ލ ފުލްކުރީމް މިލްކު l ލ އައިސްކްރީމް (ޗޮކުލެޓް ނުވަތަ ވެނީލާ) 100ގ ބަޓަރ 2 ސ ކޮކޯ 1 ދަޅު ގެރިކިރު 1 ސ ވެނީލާ އެސެންސް ތައްޔާރު ކުރާނެ ގޮތް ކްރީމް ތައްޔާރު ކުރަން ބަޓަރ […]
ޝިއުނާ އާދަމް
ރުކަކީ އަހަރެމެންގެ ދިރިއުޅުމާ އެތައްގޮތަކުން ގުޅުންހުރި އަހަރެމެން އެއަށް ބަރޯސާވާ ގަހެކެވެ. ނަމަވެސް ރުކަށް ޖެހޭ ބަލިތައް ރާއްޖޭގައި ތަޙުލީލުކުރެވި ޙައްލު ހޯދުމަށް މަސައްކަތްކުރެވެނީ ވަރަށް ކުޑަ މިންވަރަކަށެވެ. ތަފާތު އެކި ފަހަރުމަތިން ރުއްތަކަށް މާބޮޑަށް ބަލިޖެހުމުން ކަމާބެހޭ ވުޒާރާއިން އެބަލިތަކަށް ޙައްލު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވެސް އެބަހުއްޓެވެ. މިގޮތުން ދެހާހުގެ ފުރަތަމަ ކޮޅު ސަންއައިލެންޑް ރިޒޯޓަށް އެތެރެކުރި ބަގީޗާ ރުއްތަކަކުން އަރިއަތޮޅަށް ފެތުރެންފެށި ހިސްޕިޑް ބީޓްލް (ކުދި ރ...
ހުބާ ޕްލާންޓްސް
ދަރުމައާއި ސަވާބަށް އެދި ރޯދަ ހިފަމުން އަންނަ ލޮބުވެތި މުސްލިމުންނޭވެ! ކުރިޔަށް އޮތީ ފަހުދިހައިގެ ރޭތަކެވެ. އަޅުކަމުގައި ހީވާގިވެ ފޫގަޅާލާށެވެ! ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސް ތަކާއި ރޭތަތަކީ މަދު ވަގުތު ކޮޅެކެވެ. އެހެނަސްއެއީ އަޖުރުގެ ޚަޒާނާ ފުރާލަން ލިބޭ ވަރަށް ފުރިހަމަ ފުރުޞަތެކެވެ. މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިތްޕެވުމަށް އިތުރު މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވެސް އެކަލޭގެފާނުގެ އިޒާރުކޮޅު ގަދައަށް އައްސަވައި ލައްވައެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا...
އައްޝައިޚް މުޙައްމަދު އަފްޟަލް
ކުރީގެ ޢަދަދާއިގުޅޭ، ” ޒައިންއަށްވުރެ ބޮޑަށް މާނިޙްއަށްވެސް އަހަރެން މުޙިއްމުވެއްޖެ! މިޙާލަތުގައިވެސް އޭނަ އަހަރެން ބަލައިގަނެފި! އަހަރެންގެ ދަރިފުޅުގެ ބައްޕައަކަށްވާންވެސް ފަރުވާލެއްނެތް!” އުޝާގެ ވާހަކައާއި ރާގު ހުރިގޮތުން ޒައިންއަށްވެސް ކޮޅަށް ތެދުވެވުނެވެ. ” ޒައިން އަހަންނާ އިންނާނަންތަ؟ ” އުޝާ ސުވާލުކޮށްލީ ނުހަނު އަވަހަށެވެ. އޭރު ޒައިންހުރީ އޭނާއާ ދާދި ގާތުގައެވެ. ދޭނެ ޖަވާބެއް ނޭނގިފައި ޒައިންއަށް ހުރެވުނީއެވެ. އެހެން ހުއްޓާ އަނެއްކާވެސް އުޝާ ހަމަ އެސުވާލު ތަކުރާރު ކޮށްލިއެވެ. ” އަހަރެން… ކ...
ސަލާމާ ޢަބްދުލް ޢަލީމް
ދަރިންގެ މައްޗަށް މައިން ނުވާނެ ގުރުބާނީއެއް ނޯންނާނެއެވެ. އެއީ ތަކުލީފުތަކުން ފުރިގެންވާ ޤުރުބާނީއަކަށް ވީ ނަމަވެސް މެއެވެ. ދަރިންގެ މައްޗަށް މައިންބަފައިންގެ ހިތުގައި އޮންނަ ކުލުނަކީ އެހާވެސް ހާއްސަ އެހާމެ ބާރުގަދަ ގުޅުމެކެވެ. ހއ.ބާރަށު އިސާމާއާއި މުޙައްމަދު ޠާހާގެ ފަރާތުން ވެސް ފެންނަން އޮތީ އެކަމެވެ. ދެ މީހުންގެ ތިންވަނަ ދަރިފުޅު ނާފް މުޙައްމަދު ޠާހާ އުފަންވެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނާފް އުފަންކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ސިޒޭރިއަން ހެދުމުގެ […]
އިބްރާހިމް ޚަލީލް
ބަދުރު ހަނގުރާމައިން ދަސްކޮށްދެނީ ނަސްރަކީ، ﷲ ދެއްވާ ކަމެއް ކަމަށާއި އެއީ ފަހަރެއްގައި ވެސް ލަޝްކަރުގެ ބައިބޯކަމާއި ހަތިޔާރުގެ މޮޅުކަމަށް ބިނާވެފައި އޮންނަ ކަމެއް ނޫން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. ހުތުބާގައި ބުނީ ބަދުރު ހަނގުރާމައިގާ މުސްލިމުންގެ އަދަދަކީ 313 ކަމަށާއި އެ ބޭކަލުންގެ ތެރޭގައި ތިއްބެވީ އެންމެ ދެ އަސްވާރުން ކަމަށެވެ. އެކަމަކު ދުޝްމަނުންގެ ލަޝްކަރުގެ އަދަދު ހާހަކަށްވުރެ ގިނަ ކަމަށާއި އެމީހުންގެ ލަޝްކަރުގައި 100 އަސްވާރުން ތިބި ކަމަށެވެ. މީގެ އިތުރުން އެމީހުން […]
މުޙައްމަދު އަފްރާޙް
ދުނިޔެއަށް ޖެހެމުންދާ މަޑުމަޑު ވައިގެތެރޭގައި އެހާމެ މަތީގައި އޮތް ގުޑި އާއި ދިމާއަށް ބަލަން އަހަރެންނަށް ހުރެވުނެވެ. ރީތި ކުލަތަކެއް އެކުލެވިގެންވާ އެ ގުޑި މަޑުމަޑުން އެކި ދިމަދިމާއަށް ދަތުރުކުރަން ފެށުމުން އަހަރެން ގާތަށް ހިނިވެސް އައެވެ. ދެން ފެނުނީ އެގޮތް މިގޮތަށް ގޮސް ވެއްޓުނު މަންޒަރެވެ. އެއާއި އެކު އަހަރެންނަށް ބާރަށް ހީގަނެވުނެވެ. ” ސަޅިކޮށް ގޮއްސަވެސް މީތި ވެއްޓުނީއޭ.. ” އެ ގުޑި ހިފައިގެން ދުރުން ދުވެފައި އައިސް ޝަހީމް ވާހަކަ ދެއްކިއެވެ. އަހަރެން […]
ސަލާމާ ޢަބްދުލް ޢަލީމް
ކޮންމެ މީހަކީވެސް އުފާވެރި ހުވަފެންތަކެއް ދެކޭނެ މީހެކެވެ. އުފާވެރި، ބާއްޖަވެރި ތަނަވަސް ދިރިއުޅުމެއް އުޅެން ބޭނުންވާނެ މީހެކެވެ. އަދި ދިރިއުޅުމާމެދު ކުރާ ފޮނި އުއްމީދުތަކުން ހިތްހަމަޖެހިގެން ހުންނަން ބޭނުންވާނެ މީހެކެވެ. އަޝްފާއަކީވެސްހަމަ އޭގެ މީހެކެވެ. ކައިވެނިކުރާ ޢުމުރުން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނަކީ މުއްސަނދި ފިރިއެއް ހޯދުމެވެ. އެކަން އޭނާ ޙާޞިލްވެސް ކުރިއެވެ. މާލޭގެ ވިޔަފާރިވެރިއެއް އަތުއަޅުވާލީ އޭނާގެ ފިހާރައެއްގެ ސޭލްސްގަރލްއެއްގެ ވަޒީފާގައި އުޅެމުންނެވެ. ޢުމުރުގެ ގޮތުން ދިހަވ...
ސަލާމާ ޢަބްދުލް ޢަލީމް
” ޒައިން އުފަލެއްވެސް ނުވޭތަ؟ އަހަރެމެން ދެމީހުންނަށް ކުއްޖަކު ލިބޭކަށް ޒައިން ބޭނުމެއް ނުވޭތަ؟ ” ދެއަތުން ޒައިންގެ މޫނުގައި ހިފަހައްޓާލަމުން ނަދާ ބުނެލީ ވީ ދެރައިންނެވެ. ނަދާގެ އަތުގައި ހިފާ، ދެއަތް ތިރިކޮށްލަމުން ޒައިން ނަދާއަށް ފުރަގަސްދިނެވެ. ” އަހަރެން ބޭނުންވަނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެގެން ބޭބީއެއް ހޯދަން! އަހަންނަށް އެނގޭ ނަދާގެ އުއްމީދުތައް ހުންނާނެ ހިސާބު! ކަންތައްތައް ޚިޔާލުކޮށްލާފައި ހުންނާނީ އުޑަށްވުރެ އުހަށް! އެކްސްޕެކްޓޭޝަން އެހާވެސް ހައިވާނެ! ނަދާ ބޭނުންވާ ފެންވަރަށް އަހ...
ސަލާމާ ޢަބްދުލް ޢަލީމް
އަމާނާތްތެރި ކަމަކީ އިންސާނުންގެ ތެރެއިން މާތް މީހުންގެ ކިބައިގައި ހުންނަ މަތިވެރި ޞިފައެކެވެ. ވަކިފަންތިއަކަށް ނުވަތަ ގިންތިއަކަށް އޮތް ކަމެއް ނޫނެވެ. މިއީ ސަލާންޖަހަން މަގުމަތީ އުޅުނު ފަޤީރެއްގެ އަމާނާތްތެރިކަން ފެނި ކިޔަވައިދޭން އުޅޭ ޓީޗަރަކު އަޖައިބުކުރުވި ޙަޤީޤީ ޙާދިސާއެކެވެ. މެންދުރު ކުރީގެ މަސައްކަތް ނިންމާލުމަށްފަހު ޓީޗަރު ބޭންކަށް ދިޔައީ ގޭގެ ކަރަންޓު ބިލު ދައްކާށެވެ. ބޭންކާއި މާދުރުނޫން ހިސާބެއްގައި ކާރު ޕާރކުކުރުމަށްފަހު ކާރުން ފޭބޭހައިވެސް ނުވަނީސް ސަލާންޖަހާމީހަކު އައިސް އަތް ދިއްކޮ...
އައްޝައިޚް މުޙައްމަދު އަފްޟަލް
އެއްވެސް ގެއްލުމެއް ނުވާނެ ވިޔަފާރިއެއް އޮވެދާނެ ބާއޭ ކޮންމެ ކިޔުންތެރިއެއްގެ ހިތަށް ވެސް އަރައިފާނެއެވެ. ވިޔަފާރީގެ އަސާސީ ޤަވާޢިދަކީ ފައިދާއާއި ގެއްލުން ވެސް އޭގައި ހިމެނުމެވެ. އާންމުކޮށް ފައިދާ ވިޔަސް މަދު ފަހަރެއްގައި ނަމަވެސް ވިޔަފާރިއަކުން ވިއްޔާ ގެއްލުންވާނޭ ކަން ކޮންމެ މީހަކު ވެސް ޤަބޫލު ކުރާނެއެވެ. އެކަމަކު މި ފަހަރު މި އޮތީ އެއްވެސް ގެއްލުމެއް ނުވާނޭ ވިޔަފާރިއެއްގެ ވާހަކައެވެ. ވިޔަފާރިއަކީ ދެ އެއްޗެއް ނުވަތަ ދެ މުދަލެއް ދެފަރާތެއްގެ ރުހުމާ އެކު އެއް ފަރާތުން […]
އައްޝައިޚް މުޙައްމަދު އަފްޟަލް
ކުރީގެ ޢަދަދާއިގުޅޭ، ” ނޭނގެ! އުނދަގޫވަނީ.. އުޝާ އެހެން މީހަކަށް ލިބޭކަށް ބޭނުމެއް ނޫން! އަހަރެންގެ ދަރިފުޅު އެހެން މީހަކަށް ބައްޕަ ކިޔާކަށްވެސް ބޭނުމެއް ނޫން!” ޒައިންއަށް ބޭއިޙްތިޔާރުގައި އުޝާގެ ގައިގައި ބައްދާލެވުނެވެ. އެހިނދު ވެރިވެގަތީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެކަކު އަނެކަކުގެ ނޭވާގެ އަޑު ފިޔަވާ އިތުުރު އެއްވެސް އަޑެއް ނީވެއެވެ. ” އާހް! …” ކުއްލިއަކަށް އުޝާއަށް ދުރަށް ޖެހިލެވުނީ ސިހިގެންނެވެ. ދެލޯބޮޑުކޮށްގެން ހުރެ ބަނޑުގައި ފިރުމާލަ ފިރުމާލަ އޭނާއަށް ހުރެވުނީ ކުރެވުނު އިޙްސާސަކުންނެވެ. ”...
ސަލާމާ ޢަބްދުލް ޢަލީމް
ބަޑިހެލުމަކީ ކުރީ ޒަމާނުގައި ބޭރުގެ ދުޝްމަނުންގެ ކިބައިން މާލެ ދިފާޢުކޮށް ހަނގުރާމައަށް ތައްޔާރުވުގެ ގޮތުން ކޮންމެ އަހަރަކު ކުރެވޭ މަސައްކަތްތައް ފެށުމުގެ ރަސްމިއްޔާތަށް ދީފައިވާ ނަމެވެ. ބަލިހެލުމަކީ އިރުވައި މޫސުމަށް ފެށުމުން ބޭރުގެ ދުޝްމަނުންގެ ފަރާތުން ރާއްޖެ ސަލާމަތްކުރުމަށް ޓަކައި ދިފާޢީގޮތުން ތައްޔާރުވާން ފެށުމުގެ ގޮތުން ކުރާ ރަސްމީ ކަމެކެވެ. މިކަން ކުރާގޮތަކީ ކޮންމެ އަހަރަކު މުލަ ނަކަތް ލައިގަތުމުން ދެ ދޮރޯށި ދޭތެރެއަށް ރަދުންގެ އަރިހުގައި ލަޝްކަރީން ހާޒިރުވެ ހެޔޮ ދުޢާކުރައްވައި، ފުރޮޅުމަ...
ޢަބްދުﷲ ސަޢީދު
ޢުމަރު ބިން ޢަބްދުލްޢަޒީޒަކީ އުމަވީ ދައުލަތުގެ ޚަލީފާ ޢަބްދުލް މަލިކު (685-705) ގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ޢަބްދުލްޢަޒީޒުގެ ދަރިކަލެކެވެ. އަދި އެއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން ޚައްޠާބަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. އިސްލާމީ ތާރީޚުގައި ނަން އަރާހުރި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ތަޤްވާވެރި، ޢަދުލްވެރި ވެރިއެކެވެ. ހަދީސްތައް ޖަމާކުރުމަށް ރަސްމީކޮށް ޢަމުރުކުރައްވައި ޢިލްމަށް ހިތްވަރު ދެއްވި ޢިލުމްވެރިއެކެވެ. ބައެއް ތާރީޚު ޢިލްމުވެރިން އެމަނިކުފާނުގެ ޢަދުލުވެރިކަމާއި ޢިލްމީ ޤާބިލުކަމާއ...
ޢަބްދުﷲ ސަޢީދު
ހެޔޮކަމުގެ މޫސުންތަކުގައި ހެޔޮކަމުގައި އުޅުމަށް ލިބޭ ފުރުސަތަކީ ކުޑަ، އެހާމެ އަގުބޮޑު ހިނދުކޮޅެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަންދާން ކޮށްދީފިއެވެ. “މިއީ ހަޔާތުގެ އެންމެފަހު ރަމަޟާންމަހަށް ވެދާނެއެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ އޭގެ އަގު ވަޒަން ކުރެވޭނީ އެ ފުރުސަތުން މަހްރޫމުވާނެ ވަގުތުކަމުގައިވާ މަރު އަހަރުމެންނާ ބައްދަލު ކުރުމުން ކަމަށެވެ. ޚުތުބާގައި ބުނީ އެހިނދު، ހެޔޮކަމުގެ ފުރުސަތަކަށް އެދި އިންސާނާ އާދޭސް ދަންނަވާނެ ކަމަށާއި އެދުވަހުން ތައުބާވެ، ނަމާދުކޮށް، ސަދަ...
މުޙައްމަދު އަފްރާޙް