ދަރިންނަކީ ނިޢުމަތެއް އަދި އިމްތިޙާނެއް!
ދަރިންނަކީ މާތް ﷲ ގެ ދެއްވުމެކެވެ. ނިޢުމަތެކެވެ. ދަރިންގެ ނިޢުމަތަކީ ކޮބައިކަން ދަނެގަންނަން ބޭނުންނަމަ ދަރިން ނިޢުމަތުން މަޙްރޫމުވެފައިވާ މީހެއް ކައިރިން ސުވާލު ކުރައްވާށެވެ. އަސަރާއެކު އެފަދަ މީހެއް އޭނަގެ އުދާސްތައް ކިޔައިދޭނެކަން ކަށަވަރެވެ. މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ދަރިން ދެއްވައެވެ. އަދި އިރާދަކުރައްވާ އަޅަކު އެކަމުން މަޙްރޫމު ކުރައްވައެވެ. އެކަމަށް އިޝާރާތްކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا ي...