ސިލްސިލާ ވާހަކަ: ލޯބިވިޔަސް (42)
ކުރީގެ އަދަދާއި ގުޅޭ: ޖެހިލުންވެ އިނދެ ނަދީމްއަށް ކުޑަކޮށް ހަށިގަނޑު ތެދުކޮށްލެވުނެވެ. އަދި ތުރުތުރުއަޅާ ފަދަ ހާލެއްގައި އިނދެ އޭނާ މަހުދީއާ ސަލާމްކޮށްލިއެވެ. ނަދީމްގެ އަތަށް މަހުދީ ފިތާލުމާއެކު ނަދީމްއަށް އަނެއްކާ ވެސް ހިންދިރުވާލެވުނެވެ. ” އަހަރެންގެ ކުންފުނީގައި ނަދީމްއަށް މަސައްކަތް ކުރެވިދާނެ. މިހާރު ވެސް ބައިވަރު ޕްރޮޖެކްޓްތައް ލިބިފައި އެބަހުރި. މަހަކު ލައްކައެއްހާ ފައިސާ ނަދީމްއަށް ލިބޭނެ. ސިޔާސީ މީހުން ފިޔަވައި ރާއްޖޭގައި އެހާ ވަރުގެ މުސާރައެއް ނުދޭނެ. އަހަންނަށް ފެންނަނީ ނަދީމް މި ފުރު...