''ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެއް''
މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވުނު ހުކުރު ޚުޠުބާގައި، ހަގީގަތް ހޯދާ ބެލުމެއްނެތި ވާހަކަ ދެއްކުމާއި، ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވައިލައިފިއެވެ. ”މުއުމިނުންގެ ބަސްމަގު” މައުޟޫއަށް ގެނެސްދިން ޚުޠުބާގައި ހީގެ މައްޗަށް ބިނާކޮށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، މީހާ ފާފަވެރިވެދާނެ ކަމެއް ކަމަށް ބުނެފަވެއެވެ. ދޮގު ވާހަކަ ދެއްކުމަކީ އިސްލާމްދީން މަނާކުރާ ކަމެއްޚުޠުބާގައި ބުނީ، ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ، އިސްލާމް ދީން ނ...