ޕޮލިސް ބޯޑު އެކުލަވާލައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، “ޕޮލިސް ބޯޑު” އެކުލަވައިލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އިއްޔެ އެކުލަވާލައްވާފައި ވާކަން އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި ބޯޑުގައި އެކުލެވިގެންވަނީ 7 މެމްބަރުންނެވެ. އައްޔަން ކުރައްވަން ޖެހޭ ބޯޑެއްގެ ގޮތުގައި ގާނޫނުގައި އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރ...