ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، "ޕޮލިސް ބޯޑު" އެކުލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އިއްޔެ އެކުލަވާލައްވާފައި ވާކަން އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

Ad
rt

މި ބޯޑުގައި އެކުލެވިގެންވަނީ 7 މެމްބަރުންނެވެ. އައްޔަން ކުރައްވަން ޖެހޭ ބޯޑެއްގެ ގޮތުގައި ގާނޫނުގައި އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

މި ބޯޑުގެ އެކުލަވާލައްވާފައި ވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ.
1. އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ
4. އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

ފުލުހުންގެ ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ފުލުހުންނާމެދު ތައުދީބީ ފިޔަވަޅު އެޅުމަށް ޤާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ޑިސިޕްލިނަރީ ބޯޑުން ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ އުސޫލުތަކަކީ، ހާމަކަންބޮޑު، އަދި ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށް ބައްޓަންކުރެވިފައިވާ އުސޫލުތަކެ އްކަން ކަށަވަރުކުރުމާއި، އެ އުސޫލުތައް ގަވާއިދުން މުރާޖަޢާކޮށް، އެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލާމެދު ލަފާ ދިނުން ހިމެނެއެވެ.