މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,049 Stories
2,751 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ތައުރީފް ފެނަކަ ސައީދަށް
Business

އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ތައުރީފް ފެނަކަ ސައީދަށް

ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ނެޓް ޒީރޯ ސިޔާސަތު ތަންފީޒު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފު ކުރައްވައިފިއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ސައީދު ވަނީ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކު...

ޕާސްޕޯޓަށް އެދުމުގައި ގިނަ ލުއިތަކެއް، މާދަމާއިން ފެށިގެން ހިދުމަތްދޭ ވަގުތުވެސް އިތުރުވާނެ
Raajje

ޕާސްޕޯޓަށް އެދުމުގައި ގިނަ ލުއިތަކެއް، މާދަމާއިން ފެށިގެން ހިދުމަތްދޭ ވަގުތުވެސް އިތުރުވާނެ

ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، އެ ހިދުމަތްދޭ ވަގުތުތައް މާދަމާއިން ފެށިގެން އިތުރުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތަށް އެދުމުގައި އެ އިދާރާގެ އަމާޒަކީ އަބަދުވެސް އާއްމުންނަށް ލުއިފަސޭހަކަމާއެކު، ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އެގޮތުން، މައިގަނޑު ހަތަރު ބަދަލެއް ގެނެސް، ޕާސްޕޯޓުގެ ހިދުމަތް ދިނުން ރޭގަނޑު 9:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މ...

ބީއެމްއެލް އިން ޓީޓީ ޕްރޮސެސްކޮށްދޭ ވަގުތު އިތުރުކޮށްފި
Business

ބީއެމްއެލް އިން ޓީޓީ ޕްރޮސެސްކޮށްދޭ ވަގުތު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާ (ޓީޓީ) ޕްރޮސެސްކުރާ ވަގުތު އިތުރުކޮށްފިއެވެ. ބީއެމްއެލުން މިއަދު ބުނީ އެ ބޭންކު މެދުވެރިކޮށް ފައިސާގެ ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރާ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް ހަދާ ޓީޓީ ޕްރޮސެސް ކުރާ ވަގުތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު މިހާރު ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތަ...

ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އާއި އެންއައިސީޔޫ ތަރައްގީކުރަން އެސްޓީއޯއަށް
Business

ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އާއި އެންއައިސީޔޫ ތަރައްގީކުރަން އެސްޓީއޯއަށް

ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫއާއި އެންއައިސީޔޫ ތަރައްގީކުރުމަށް އެސްޓީއޯއިން އެ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު މެންދުރުފަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސައީދެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ، މާރިޔާ ސައީދެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، ހުޅުމާލޭ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އަދަދު...

މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން އަލިދުއްފަރު ދެވަނައަށް ބޮޑު އަގު ހުށަހެޅި ފަރާތަށް!
Thiladhunmathi News

މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން އަލިދުއްފަރު ދެވަނައަށް ބޮޑު އަގު ހުށަހެޅި ފަރާތަށް!

ސަރުކާރުން ފަތުރުވެރިކަމަށް ތަރައްގީކުރަން ދޫކުރާ ރަށްތަކުގެ ތެރެއިން ތިލަދުންމަތީ އަލިދުއްފަރުގެ ބިޑް ކާމިޔާބު ކުރި ފަރާތުން މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެ ފުރުސަތު ލިބިއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު ބިޑެއް ހުށަހެޅި ކުންފުންޏަށް 60 ދުވަހުގެ ތެރޭގައި އިކުއިޒިޝަން ކޯސްޓް ދެއްކުމުގެ ފުރުސަތު ދިން ނަމަވެސް އެ ފައިސާ ދައްކާފައިވާ ނުވާ ކަމަށެވެ. އެ ރަށަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ސަބް […]

އުރީދޫ މަސްރޭހުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި
Thiladhunmathi News

އުރީދޫ މަސްރޭހުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި، ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަަތައް ކަމަށް އުރީދޫން ބުންޏެވެ. ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައ...

ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް މާގިރި ހޮޓަލުން އީދު ދުވަހުގެ ނާސްތާއިން ޑިސްކައުންޓް
Business

ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް މާގިރި ހޮޓަލުން އީދު ދުވަހުގެ ނާސްތާއިން ޑިސްކައުންޓް

އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް މާގިރި ހޮޓަލުން އީދު ނާސްތާ ނަގައިގެން ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން މާދަމާ ހެނދުނުގެ ނާސްތާ ނަގައިގެން ކްލަބް ޕްރިމިއާ ކަސްޓަަމަރުންނަށް 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. މާގިރިއަކީ މާލޭގައި ހިދުމަތް ދެމުން އަންނަ އެންމެ ފެންވަރު ރަނގަޅު އެއް ޓޫރިސްޓް ހޮޓަލެވެ. އެތަނުގައި މާދަމާ ހެނދުނުގެ ނާސްތާ ބުފޭއެއް ބާއްވާނެއެވެ. މި ޑިސްކައުންޓް ހޯދުމަށް ކަސްޓަމަރުންގެ ކްލަބް ޕްރިމިއާ ކާޑު ދައްކާލުމުން ޑ...

މޫލީ، ބެކް ޓު ސްކޫލް ކެމްޕޭން މިއަހަރުވެސް
Business

މޫލީ، ބެކް ޓު ސްކޫލް ކެމްޕޭން މިއަހަރުވެސް

ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއިން ބެކް ޓު ސްކޫލް ކެމްޕެއިން ޖެހިޖެހިގެން ދެ ވަނަ އަހަރަށް ލޯންޗުކޮށްފިއެވެ. މި ކެމްޕެއިންގެ ދަށުން މި އަހަރުވެސް ސްކޫލާށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިގެންދާނެއެވެ. އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޒަރޫރީ ސާމާނާއި ސްކޫލްފޮތްތައް ލިބުމުގައި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މޫލީގެ މައިގަނޑު އޮފާއަކަށް ބަދަލު ނާންނަ ކަމަށް އުރީދޫއިން ބުންޏެވެ...

މެއި މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ 19 އިންސައްތަ އިތުރުވެއްޖެ
Business

މެއި މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ 19 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ މެއި މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ 19 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި, އިމްޕޯޓާއި އެކްސްޕޯޓުން 2022 ވަނަ އަހަރުގެ މެއި މަހު ދައުލަތަށް ލިބުނީ 300 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއަހަރުގެ މެއި މަހު 357 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައެވެ. އާމްދަނީގެ އިތުރުން އިމްޕޯޓާއި އެކްސްޕޯޓުވެސް މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު ވަނީ މިއަހަރުގެ މެއި މަހު...

ބަޓިކް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި
Business

ބަޓިކް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާ އިން، އެ ގައުމުގެ ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިނުގެ ފުރަތަމަ ބޯޓު ރާއްޖެ އައީ ހުކުރު ދުވަހުއެވެ. ވީއާއިއޭއިން އެ އެއާލައިނަށް ފެނުގެ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ފުރަތަމަ ފްލައިޓުގައި 121 ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެމްއޭސީއެލްއިން މައުލޫމާތުދޭގޮތުގައި ބަޓިކް އެއާއިން ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 737 މަރު...

އީދާ ދިމާކޮށް އުރީދޫ އިން ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކެއް
Business

އީދާ ދިމާކޮށް އުރީދޫ އިން ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކެއް

އަޟްހާ އީދު ބަންދާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކެއްތައާރަފު ކޮށްފޮއެވެ. “ގޭމް އޮން އެކްސްޓްރާ ޕެކް” ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ޕެކް މެދުވެރިކޮށް ގޭމަރުންނަށާއި ސްޓްރީމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 100 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބިގެންދާނެއެވެ. އެންމެ 500 ރުފިޔާގެ އަށް ލިބޭ ގޭމް އޯން އެކްސްޓްރާ ޕެކާއެކު ހާސްކަމެއްނެތި ގޭމު ކުޅެލާ ސްޓްރީމްކޮށް އަދި އިންޓަނެޓް ގެ އެހެނިހެން ބޭނުން ކުރެވޭނެއެވެ. ގޭމް އޮން އެކްސްޓްރާ ޕެކަކީ ގޭމް […]

އީދު ބަންދުގެ ތެރޭގައި އުރީދޫ ސުޕަނެޓް އެކްޓިވޭޓްކޮށްގެން އައިފޯން 14 އެއް ހޯދުމުގެ ފުރުސަތު
Business

އީދު ބަންދުގެ ތެރޭގައި އުރީދޫ ސުޕަނެޓް އެކްޓިވޭޓްކޮށްގެން އައިފޯން 14 އެއް ހޯދުމުގެ ފުރުސަތު

ކުރިއަށް އޮތް އަޟްހާ އީދު ބަންދާ ދިމާކޮށް ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ. މި އޮފާތަކަކީ އަޟްހާ އީދަކީ އެއްބައިވަންތަކަމާއި އުފާފާޅުކުރުމުގެ ދުވަސްވަރެއް ކަމަށްވުމުން، މުޅި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދީ އީދުގެ އުފާ އެންމެ ފުރިހަމައަށް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފު ކުރި އޮފާތަކެކެވެ. އެގޮތުން ބޮޑުޗުއްޓީ ޕެކަކާއި ސުޕަނެޓް، ފަސޭހަ، އަދި 5ޖީ އެއާފައިބަ އަލަށް ނަގާ ފަރާތްތަކަށް އަދި އަޕްގްރޭޑް ކުރާ ފަރާތްތަކަށް އައިފޯން 14 ގެ […]

މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން ހަވާލުކޮށްފި
Thiladhunmathi News

މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން ހަވާލުކޮށްފި

ހދ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ބިގްފިޝްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާފިން އަހުމަދެވެ. މި މަޝްރޫ...

އެސްޓީއޯއިން މަކިޓާގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
Business

އެސްޓީއޯއިން މަކިޓާގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯއިން މަކިޓާ އުފެއްދުންތަކުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އިއްޔެ ފެށި މި ޕްރޮމޯޝަން އަންނަ ޖުލައި މަހުގެ 31 ގެ ނިޔަލަށް ކުރިޔަށްދާނެއެވެ. މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ. މި ޕްރޮމޯޝަންގެ ދަށުން ގަންނަ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި […...

ނޫމަރާ އާއި އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް
Business

ނޫމަރާ އާއި އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. ނޫމަރާ އާއި ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ. އަދު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 5076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި،...