އަޟްހާ އީދު ބަންދާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކެއްތައާރަފު ކޮށްފޮއެވެ.

“ގޭމް އޮން އެކްސްޓްރާ ޕެކް” ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ޕެކް މެދުވެރިކޮށް ގޭމަރުންނަށާއި ސްޓްރީމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 100 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބިގެންދާނެއެވެ.

Ad
rt

އެންމެ 500 ރުފިޔާގެ އަށް ލިބޭ ގޭމް އޯން އެކްސްޓްރާ ޕެކާއެކު ހާސްކަމެއްނެތި ގޭމު ކުޅެލާ ސްޓްރީމްކޮށް އަދި އިންޓަނެޓް ގެ އެހެނިހެން ބޭނުން ކުރެވޭނެއެވެ.

ގޭމް އޮން އެކްސްޓްރާ ޕެކަކީ ގޭމް ކުޅޭ ފަރާތްތަކާއި ސްޓްރީމިން އަށް ޝައުގުވެރިވާ ފަރާތްތަކަށް އެންމެ ފުރިހަމަ ފަރުމާކުރެވިފައިވާ ޕެކެކެވެ. އެގޮތުން، ގޭމްކުޅެ ސްޓްރީމް ކުރުމަށް ހާއްސަކޮށްފައިވާ 80 ޖީބީ ޑޭޓާ އެލަވަންސް މި ޕެކްގައި ހިމެނެއެވެ. މި ޑޭޓާ ބޭނުން ކުރެވޭނީ ގޭމިން ޕްލެޓްފޯމްތަކަށެވެ.

80 ޖީބީގެ ގޭމިން އަދި ސްޓްރީމިން ޑޭޓާގެ އިތުރުން 20 ޖީބީގެ ރެގިއުލާ ޑޭޓާ ވެސް މި ޕެކޭޖުގެ ތެރޭގައި ހިމެނޭއިރު، އާއިލާ އާއި ރައްޓެހިންނާ ގުޅުންބަދަހިކޮށް އިންޓަނެޓް ބްރައުޒް ކޮރުމުގެ އިތުރުން އޮންލައިން އެހެނިހެން ކަންކަމަށް މި ޑޭޓާ ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މުޅި މަހަށް ޖުމްލަ 100 ޖީބީ އާއި އެކު ގޭމްއޮން އެކްސްޓްރާ ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް މި ޢީދު ބަންދަކީ ފުރިހަމަ ބަންދަކަށް ހެދޭނެ ކަމަށް އުރީދޫއިން ގަބޫލުކުރެއެވެ.

ގޭމްއޮން އެކްސްޓްރާ ޕެކް http://ore.do/gameonxtra އިން އެކްޓިވޭޓް ކުރެވޭނެއެވެ.