ކުރިއަށް އޮތް އަޟްހާ އީދު ބަންދާ ދިމާކޮށް ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ.

މި އޮފާތަކަކީ އަޟްހާ އީދަކީ އެއްބައިވަންތަކަމާއި އުފާފާޅުކުރުމުގެ ދުވަސްވަރެއް ކަމަށްވުމުން، މުޅި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދީ އީދުގެ އުފާ އެންމެ ފުރިހަމައަށް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފު ކުރި އޮފާތަކެކެވެ. އެގޮތުން ބޮޑުޗުއްޓީ ޕެކަކާއި ސުޕަނެޓް، ފަސޭހަ، އަދި 5ޖީ އެއާފައިބަ އަލަށް ނަގާ ފަރާތްތަކަށް އަދި އަޕްގްރޭޑް ކުރާ ފަރާތްތަކަށް އައިފޯން 14 ގެ އިތުރުން ހާއްސަ އިނާމުތައް ލިބޭ ޕްރޮމޯޝަން ހިމެނެއެވެ.

Ad
rt

އުރީދޫ ބޮޑު ޗުއްޓީ ޕެކަކީ 150 ރުފިޔާއަށް 100 ޖީބީ ޑޭޓާ، ފަސް ދުވަސް (120 ގަޑިއިރު) އަށް ލިބޭ ޕެކެކެވެ. މިއީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ ޕެކެކެވެ. މި ޕެކާ އެކު އޫދު ގެ އުފަލުގައި ބއިވެރިވެ ޗުއްޓީތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ވެސް މެދުނުކެނޑި ހައި ސްޕީޑް އިންޓަނެޓް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ބޮޑު ޗުއްޓީ ޕެކް އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެއެވެ. އެގޮތުން، އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް “V150” ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކުރުމުން އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ޔޫއެސްއެސްޑީ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް #1*929* އަށް ގުޅުމުން އެކްޓިވޭޓް ކުރެވޭނެއެވެ.

އަޟްހާ އީދު ޗުއްޓީގައި އުރީދޫ ހޯމްބްރޯޑްބޭންޑް ގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ޙިދުމަތްނަގާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން 31 ޖުލައި 2023 ގެ ކުރިން އާ ސުޕަނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހާ ޕްލަސް ގެ އިތުރުން 5ޖީ އެއާފައިބަ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އެޕަލްގެ އެންމެ ފަހުގެ ފޯނު - އައިފޯން 14 ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ތިން ނަސީބުވެރިން ހޮވަން ނިންމާފައިވާއިރު މި ތިން ނަސީބުވެރި ފަރާތް ހޮވާނީ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށްވެސް ހާއްސަ އިނާމުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ހިމެނެއެވެ. މި ނަސީބުވެރިފަރާތްތައް ހޮވާނީ ހޮވާނީ ޕްރޯމޯޝަނަށް ފަހު އަންނަ މަހުއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އަޟްހާ އީދު ޗުއްޓީއަކީ އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް އުފަލުން ފުރިގެންވާ ދުވަސްވަރެއް ކަމުން މި ހާއްސަ މުނާސަބަތުގައި ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރުކުރުމަށް މި ހާއްސަ އޮފާ ކަމުދާނެކަމަށް އުންމީދުކުރައްވާ ކަމަަށެވެ. އަދި އުރީދޫގެ އަމާޒަކީ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތައް ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދީ މި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދިނުން ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

“އެންމެހައި ބޭފުޅުންނަށްވެސް ބަރަކާތްތެރި އަދި އުފާވެރި ޢީދަކަށް އެދެން. އީދު މުބާރަކް!" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ.