ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯއިން މަކިޓާ އުފެއްދުންތަކުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަން އަންނަ ޖުލައި މަހުގެ 31 ގެ ނިޔަލަށް ކުރިޔަށްދާނެއެވެ. މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ.
މި ޕްރޮމޯޝަންގެ ދަށުން ގަންނަ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި އެ ޝޯރޫމުންވަނީ ޖޫން 2022 ން މެއި 2023 އަށް އެ ޝޯރޫމުން އެންމެ ގިނައިން ތަކެތި ގަނެފައިވާ ފަސް ފަރާތަކަަށް ހާއްސަ ހަދިޔާއެއް ދީފައެވެ.
މީގެ އިތުރުން އިއްޔެ މަކިޓާ ޝޯރޫމުން ވިޔަފާރިކުރި ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ވަނީ ހާއްސަ ހަދިޔާއެއް ވެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!