އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް މާގިރި ހޮޓަލުން އީދު ނާސްތާ ނަގައިގެން ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން މާދަމާ ހެނދުނުގެ ނާސްތާ ނަގައިގެން ކްލަބް ޕްރިމިއާ ކަސްޓަަމަރުންނަށް 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.

Ad
rt

މާގިރިއަކީ މާލޭގައި ހިދުމަތް ދެމުން އަންނަ އެންމެ ފެންވަރު ރަނގަޅު އެއް ޓޫރިސްޓް ހޮޓަލެވެ. އެތަނުގައި މާދަމާ ހެނދުނުގެ ނާސްތާ ބުފޭއެއް ބާއްވާނެއެވެ.

މި ޑިސްކައުންޓް ހޯދުމަށް ކަސްޓަމަރުންގެ ކްލަބް ޕްރިމިއާ ކާޑު ދައްކާލުމުން ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ. މި ޕްރޮމޯޝަނަކީ އަޟްހާ އީދާ ދިމާކޮށް، މާދަމާއަށް އެކަނި ހާއްސަ ޕްރޮމޯޝަނެކެވެ.

އުރީދޫއިން އަންނަނީ އެ ކުންފުނީގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ހިންގަމުންނެވެ. އަދި އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަންތައް ކުރިއަށްގެންދެއެވެ.