އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން، ކޮންމެ 20 ދުވަހަކުން ދޭ އުމްރާ ދަތުރުގެ 16 ވަނަ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.

އުރީދޫން ބުނިގޮތުގައި މި ފަހަރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ އައިމިނަތު މަލްޝާ އެވެ.

Ad
rt

ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި މިހާތަނަށް 16 ނަސީބުވެރިން ވަނީ ހޮވާފައެވެ.

އުރީދޫން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަނުގައި މިހާރު ބާކީ އޮތީ ތިން ނަސީބުވެރިން ހޮވުމެވެ. މީގެ އިތުރުން، މި ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހެއްގެ ހައްޖު ދަތުރު ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. މިހާރުގެ ކަސްޓަމަރުންނަށް 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ބޭނުންކޮށްގެން މި ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

އަލަށް އުރީދޫގެ ހިދުމަތްތަކާ ގުޅޭ ކަސްޓަމަރުންނަށް 400 ރުފިޔާއަށް ވުރެ މަތީގެ މުއާމަލާތެއް ކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ހާމަކުރި ގޮތުގައި "ލިވް އަންލިމިޓެޑް" ކެމްޕެއިނަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަކޮށްދިނުމަށް އެ ކުންފުނިން ވެފައިވާ ވައުދުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ އުރީދޫގެ ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމެވެ.