ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކޮށްފިއެވެ.
އެ ކިންފުނީގެ ބޯޑަށް މެންބަރުން އައްޔަން ކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ. ޕީސީބީން ބުނީ މިއަދު ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކުރީ އިއްޔެ ކަމަށެވެ.
ޑިވެލޮޕްމަންޓު ބޭންކްގެ ބޯޑަށް އައްޔަނުކުރި ބޭފުޅުން:
މއ. މާފުނަ، ހަސަން މިރާސް
މ. ލަންސިމޫގެ، އަހުމަދު އަޒްޔާން ހަމީދު
ދ. ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހިމް
ގދ. ރަތަފަންދޫ، ޗަބޭލީވިލާ، އަޒްމީން ރަޝީދު
ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސްގެ ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޑިވެލޮޕްލަމަންޓް ބޭންކެވެ.
އެ ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދި ބޭންކެކެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަނަކީ އަރޫނީ ގޫނަތިލަކައެވެ. އަރޫނީ ގޫނަތިލަކަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓުތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ހާއްސަވެފައިވާ ބައިނަލްއަގުވާމީ ފިނޭންޝަލް މާކެޓްގެ ފިނޭންޝަލް ސާވިސް ތަޖުރިބާކާރެކެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯއަކަަށް އެންމެ ފުރަތަމަ އައްޔަން ކުރީ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސްއެވެ. އޭނާ ވަނީ މިދިޔަ މާޗު މަހުގެ އެ މަގާމުން އިސްތިއުފާ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!