2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕް "އެފް"ގެ އެންމެ ފަހު ބުރުގައި، ޕޯޗުގަލްގެ ޤައުމީ ފުޓްބޯޅަ ޓީމުން އަރުމޭނިއާގެ މައްޗަށް ތާރީޚީ ކާމިޔާބީއެއް ހޯދައި، ވޯލްޑް ކަޕުން ސީދާ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ނޮވެމްބަރ 16 ވަނަ ދުވަހު ޕޯޓޯގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 9-1 ގެ ބޮޑު ނަތީޖާއަކުން އަރުމޭނިއާގެ މައްޗަށް ޕޯޗުގަލުން ކުރި ހޯދައިގެންނެވެ.

Ad
rt

މި ބަލިވުމަކީ އަރުމޭނިއާގެ ޤައުމީ ޓީމުގެ ތާރީޚުގައި އެންމެ ބޮޑެތި ބަލިވުންތަކުގެ ތެރެއިން އެއް ބަލިވުމެވެ. މީގެ ކުރިން 2022 ވަނަ އަހަރު ނޯވޭއާ ދެކޮޅަށް ކުޅުނު މެޗެއްގައި ވެސް އަރުމޭނީ 9-0 އިން ބަލިވެފައިވާއިރު، 2019 ވަނަ އަހަރު އިޓަލީއާ ދެކޮޅަށްވެސް 9-1 އިން ވަނީ ބަލިވެފައެވެ.

ޕޯޗުގަލާއި އާރުމޭނިއާ ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި ގްރާންޓް-ލިއޯން ރާނޯސް ދިން ފުރިހަމަ ބޯޅައަކުން އެޑުއާޑް ސްޕެރްޓްސްޔާން ވަނީ އަރުމޭނިއާއަށް ލަނޑެއް ޖަހައި ސްކޯރ 1-1 އަށް ހަމަހަމަކޮށްފައެވެ. ނަމަވެސް، އޭގެ ފަހުން ޕޯޗުގަލް މެޗުގެ ކޮންޓްރޯލް ހޯދައި، ހެެންރީ އަވަގްޔާންގެ އޯންގޯލަކާއެކު ލަނޑުތަކުގެ ވާރޭ އޮއްސާލާފައި ވެއެވެ. މި މެޗުގައި ޕޯޗުގަލްގެ ބްރޫނޯ ފަރްނާންޑޭޒް އަދި ޖޯއާއޯ ނޭވެސް ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން ރެނާޓޯ ވެއިގާ، ގޮންޒާލޯ ރާމޮސް އަދި ފްރަންސިސްކޯ ކޮންސެއިސާއޯ ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖަހާފައިވެއެވެ.

ޕޯޗުގަލް އަންނަ ވޯލްޑްކަޕުން ސީދާ ޖާގައެއް ކަށަވަރުކޮށްފައި މިވަނީ އެންމެ ފަހު މެޗުގައި ދެއްކި ރަތްކާޑުގެ ސަަބަބުން ފުޓްބޯޅަ ތާރީޚުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅެގެންނެވެ.

ގްރޫޕްގެ ފައިނަލް ސްޓޭންޑިންގ

މި ކާމިޔާބީއާއެކު ޕޯޗުގަލް ވަނީ ގްރޫޕް "އެފް"ގެ އެއްވަނަ ހޯދައި، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ސީދާ ޖާގަ ކަށަވަރުކޮށްފައެވެ. ގްރޫޕްގެ ދެވަނައަށް ދިއުމަށް ހަންގޭރީ އާއި އަޔަލެންޑް ދެމެދު ކުޅުނު ކުލަގަދަ މެޗު ނިމިގެން ދިޔައީ 3-2 ގެ ނަތީޖާއަކުން އަޔަލެންޑް ކުރިހޯދައިގެންނެވެ. ހަންގޭރީ 2-2 ގެ ނަތީޖާގައި ކުރިއަށް ދަނިކޮށް، މެޗުގެ 96 ވަނަ މިނެޓުގައި ޓްރޯއި ޕެރޮޓް ޖެހި ލަނޑުން އަޔަލެންޑަށް ޕްލޭއޮފްސްގެ ޖާގަ ވަނީ ލިބިފައެވެ.

ގްރޫޕް "އެފް"ގެ ފައިނަލް ސްޓޭންޑިންގ

ޕޯޗުގަލް - 13 ޕޮއިންޓް (ސީދާ ވޯލްޑް ކަޕަށް ކޮލިފައިވެފައި)
އަޔަލެންޑް - 10 ޕޮއިންޓް (ޕްލޭއޮފްސްއަށް ކޮލިފައިވެފައި)
ހަންގޭރީ - 8 ޕޮއިންޓް
އަރުމޭނިއާ - 3 ޕޮއިންޓް

ކުރިއަށް އޮތް މަގު

ޕޯޗުގަލް ސީދާ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު، އަޔަލެންޑް ވަނީ ޕްލޭއޮފްސްގެ ޖާގަ ކަށަވަރުކޮށްފައެވެ. ހަންގޭރީ އަދި އަރުމޭނިއާ މި މުބާރާތުގެ ކެމްޕޭން ނިންމާލާފައިވާއިރު، މި ދެ ޓީމުގެ ދެން އޮންނަ ރަސްމީ މެޗުތައް ކުޅޭނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ފެށުމަށް ހަމަޖެހިފައިވާ 2026/27 ނޭޝަންސް ލީގުގައެވެ. އޭގެ ފަހުން ޔޫރޯ 2028 ކޮލިފައިންގ ސައިކަލް ފެށިގެންދާނެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއި ބްރޫނޯ ފަރްނާންޑޭޒް، ޖޯޯއާއޯ ނޭވެސް ފަދަ މެދު އުމުރުގެ ކުޅުންތެރިންގެ އިތުރުން ގޮންޒާލޯ ރާމޮސް ފަދަ ޒުވާން ކުޅުންތެރިންގެ މިކްސްއަކީ ޕޯޗުގަލްގެ ޓީމަށް ލިބޭ ބޮޑު ބާރެކެވެ. މި ކުޅުންތެރިންގެ ތަފާތު ހުނަރުތަކާއި ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ކޯޗިންގ ސްޓާފުން ޚާއްޞަ ސަމާލުކަމެއް ދޭނެކަން ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ ފުޓްބޯޅަ މާހިރުންގެ ދެކޭގޮތް
ބައިނަލްއަޤްވާމީ ފުޓްބޯޅަ ތަޙުލީލުވެރިންގެ ނަޒަރުގައި، ޕޯޗުގަލްގެ ޓީމަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޓައިޓަލް ހޯދުމަށް ވާދަކުރާނެ ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. އަރުމޭނިއާއާ ދެކޮޅަށް ދެއްކި ހަރުދަނާ ކުޅުމާއި، ކޮލިފިކޭޝަން މަރުޙަލާގައި ދެއްކި ކުޅުމުގެ ފެންވަރަށް ބަލާއިރު، ޓީމުގެ ކުޅުން ވަނީ އެކަށީގެންވާ މިންވަރަށްވުރެ މަތީގައިކަން ފާހަގަކޮށްފައިވެއެވެ.
ކުރީގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޖޭމްސް ރޮޑްރިގަޒް ބުނެފައިވަނީ: "ޕޯޗުގަލްގެ ޓީމުގައި މިވަގުތު ހުރި ޓެލެންޓް ވަރަށް އިމްޕްރެސިވް. ޓީމުގެ ކ