Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,044 Stories
2,076 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ވިންޓާ ތީމް ޕާކު ހިންގި ކުންފުނި ގެއްލިގެން ހޯދަނީ
Raajje

ވިންޓާ ތީމް ޕާކު ހިންގި ކުންފުނި ގެއްލިގެން ހޯދަނީ

ސަލްޓަންޕާކުގައި ހަދާފައިވާ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން ހަވާލުކޮށްފައިވާ ކުންފުނި ގެއްލިގެން ހޯދަން އިއުލާނުކޮށްފިއެވެ. މި ޕާކު ހިންގަމުން އަންނަނީ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންހަވާލުކޮށްފައިވާ ކުންފުނިން އެތަން އޮޕަރޭޓް ކުރަމުން ނުދާ ކަމަށެވެ. އަދި އެ ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމު...

ސީޕްލޭން ދަތުރުތަކާއެކު ގްރީސް ޔޫރަޕުގެ "ރާއްޖެ"އަށް
International

ސީޕްލޭން ދަތުރުތަކާއެކު ގްރީސް ޔޫރަޕުގެ "ރާއްޖެ"އަށް

ގްރީސްގައި ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ. އެ ގައުމުގައި މި ހިދުމަތް ފަށާނީ ހޫނު މޫސުމާ ދިމާކޮށެވެ. މި ހިދުމަތާއެކު އެ ގައުމު ޔޫރަޕުގެ “ރާއްޖެ”އަށް ވެގެންދާނެ ކަމަށް އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ދޭ ހެލެނިކް ސީޕްލޭންސް ގެ ސީއީއޯ ނިކޮލަސް ޗަރަލަމްބަސް ވިދާޅުވިއެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ހެލެނިކް ސީޕްލޭންސް އިން ވނީ އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރާ ބައްދަލު ކުރައްވައި ފްލައިޓުގެ ޝެޑިއުލްއާއި ރިޒަވޭޝަނާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ. […]

ލ. ގަމުން މިހާތަނަށް 950 ޓަނުގެ ކުނި ނަގައިފި
Business

ލ. ގަމުން މިހާތަނަށް 950 ޓަނުގެ ކުނި ނަގައިފި

އެންމެ 24 ދުވަހުގެ ތެރޭގައި ލ. ގަމުން 950 ޓަނުގެ ކުނި ވެމްކޯއިން ނަގައިފިއެވެ. އެ ކުންފުނިން ބުނީ މިހާތަނަށް ކުނި ނަގާފައިވަނީ އެ ރަށުގެ މުކުރި މަގާއި ތުޑީ އަވަށުން ކަމަށެވެ. އެ ޕްރޮޖެކްޓު ނިންމާނީ މުޅި ރަށުގައި އިތުރުވެފައި ހުރި ކުނި ސާފުކުރުމަށްފަހުއެވެ. މިހާރު މަސައްކަތް ކުރިއަށްދަނީ މަތިމަރަދޫ އަވަށުގައެވެ. މިއީ ރާއްޖޭގެ ރަށްތަކުގައި އެއްކޮށްފައި ހުރި ކުނި ނައްތާލައި އެ ރަށްތަކަކީ ސާފު ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓުގެދަށުން މިހާރުވެސް […]

ތެރަޕިއުޓިކް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ 4 ދަރިވަރުން އެމްޑަބްލިއުއެސްސީން ސްޕޮންސާ ކޮށްފި
Business

ތެރަޕިއުޓިކް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ 4 ދަރިވަރުން އެމްޑަބްލިއުއެސްސީން ސްޕޮންސާ ކޮށްފި

ތެރަޕިއުޓިކް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ ހަތަރު ދަރިވަރުން އެމްޑަބްލިއުއެސްސީން ސްޕޮންސާ ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުންސްޕޮންސާ ކުރި ދަރިވަރުންތަކެކެވެ. މި ދަރިވަރުންނަކީ މި ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރާ ދަރިވަރުންނެވެ. މިސްޕޮންސަރޝިޕާ ގުޅިގެން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހު ކުރުމުގެ ގޮތުން، މ...

ދަ އައިލެންޑް ސެޝަންގެ މެއިން ސްޕޮންސަރަކަށް އުރީދޫ
Business

ދަ އައިލެންޑް ސެޝަންގެ މެއިން ސްޕޮންސަރަކަށް އުރީދޫ

ދަ އިކޯ އޯގްގެ ވާޗުއަލް ޓޯކް ސީރީޒް ދަ އައިލެންޑް ސެޝަންގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. ރާއްޖޭގެ އަމިއްލަ ވިޔަފާރި ހިންގާ އިސް ފަރާތްތަކާއި އިންވެސްޓަރުން އަދި ދިރާސާ ކުރަަ ފަރާތްތަކާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން ކަމާ ގުޅުން ހުރި ދާއިރާތަކުގެތަޖުރިބާކާރުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ސެޝަންތަކުގައި އެކި ދާއިރާތަކުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެއެވެ. މި އިވެންޓު ބާއްވާނީ ކްރޮސްރޯޑްސްގައި ހުންނަ “ޔޯ ސްޕޭސް” އާ ގުޅިގެން “ދަ އައިލެންޑް ލެބް” އިންނެވެ. [...

ތަރުހީބު ބޮޑުވެ އެސްޓީއޯ ރަމަޒާން ބާޒާރުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި
Business

ތަރުހީބު ބޮޑުވެ އެސްޓީއޯ ރަމަޒާން ބާޒާރުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ ރަމަޒާން ބާޒާރުގެ މުއްދަތު އިތުރުކޮށްފިއެވެ. ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ބާޒާރު މިއަހަރުގެ ކުރިއަށް ގެންދަން ނިންމާފައި އޮތީ މިމަހު 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު މި މަހުގެ ނިޔަލަށްކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއަހަރުގެ ޕްރޮމޯޝަންގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކުރާ ކޮންމެ 1000 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް އަދި ސުޕަމާޓުން ކުރާ ކޮންމެ 500 ރުފިޔާ އިންމަތީގެ […]

ސްޓެލްކޯއިން 10 ކޭސް ފެނާއެކު އެއް ކޭސް ހިލޭ
Business

ސްޓެލްކޯއިން 10 ކޭސް ފެނާއެކު އެއް ކޭސް ހިލޭ

ސްޓެލްކޯއިން ދިހަ ކޭސް ފެން ގަނެގެން އެއް ކޭސް ފެން ހިލޭ ލިބޭގޮތް ހަދައިފިއެވެ. އެ ކުންފުނިން އުފައްދާ ފަސް ލީޓަރުގެ ފެން ފުޅި ކޭހެއް ލިބޭނީ 48 ރުފިޔާ އަށެވެ. މިއީ ކޮލެޓީ ރަނގަޅު އަދި މާކެޓުގައި މިވަގުތު ލިބެން ހުރި އެންމެ އަގުހެޔޮ ފެން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ ކުންފުނިން ބުނީ ދިހަ ކޭހަށް ވުރެ ގިނައިން އޯޑަރު ކުރުމުން ގޭގެ ދޮރާ ހަމައަށް ފެން ކޭސްތައް ހިލޭ ޑެލިވާކޮށްދޭނެ ކަމަށެވެ. މީގެ […]

ކެންދޫ އާ އިންޖީނުގެ އިމާރާތް ކުރާނެ ބަޔަކު ހޯދަނީ
Raajje

ކެންދޫ އާ އިންޖީނުގެ އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ބ. ކެންދޫ އާ އިންޖީނުގެއާއި އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެެވެ. ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތް ކުރަން ޖެހޭނީ އެ ކުންފުނިން ދޭ ކުރެހުމާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ބިޑުގައި ބައިވެރިވުމަށް އެކުންފުނީގެ ހެޑް އޮފީހަށް ގޮސް އަންމަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ގެ ކުރިން ރަޖިސްޓްރީވުމަށް ފެނަކައިން ވަނީ އަންގައިފައެވެ. މި ބިޑަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ މި މަހުގެ 28 ވަނަ ދުވަހުގެ […]

ސްޓެލްކޯއިން ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށްފި
News

ސްޓެލްކޯއިން ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށްފި

މާލެ ހުކުރި ކިސްކިތުގެ މުންނާރު ސާފުކޮށް އުވަލުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމާލައިފިއެވެ. މި މަސައްކަތަކީ ހުކުރު މިސްކިތާއި މެދު ޒިޔާރަތުގެ އާބާތުރަ ފިލުވައި ޒީނަތްތެރި ކުރުމަށް ހެރިޓެޖް މިނިސްޓްރީއާ ގުޅިގެން އެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ފަށާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެކެވެ. ހުކުރު މިސްކިތާއި، މެދުޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ފަންނ...

ހެޔޮ އަގުގައި ބައިސްކަލު ގަންނަން ދާންވީ ބެސްޓްބަޑީއަަށް
Business

ހެޔޮ އަގުގައި ބައިސްކަލު ގަންނަން ދާންވީ ބެސްޓްބަޑީއަަށް

ބައިސްކަލަކީ މިހާރު ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އުޅަނދެކެވެ. ތިމާވެއްޓާ ރައްޓެހި އުޅަނދުގެ ގޮތުގައި ސިފަ ކޮށްފައިވާ ބައިސްކަލަކީ ކަސްރަތު ކުރުމުގައިވެސް މުހިންމު އެއްޗެކެވެ. އަގުހެޔޮކޮށް ބައިސްކަލު ގަންނަން ބޭނުންވާ މީހުންނަށް މިހާރު މިއޮތީ ރަނުގެ ފުރުސަތެކެވެ. މާލެއާއި ކުޅުދުއްފުށީގައި ހުންނަ ބެސްޓްބަޑީއަކީ މިވަގުތު ރާއްޖޭގައި އެންމެ ހެޔޮ އަގުގައި ބައިސްކަލު ވިއްކާ ފިހާރައޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެ ފިހާރައިން ލިބެން ހުންނަ ބައިސްކަލުތަކަކީ މިވަގުތު ބާޒާރުގައި އެންމެ ހެޔޮ އަގު...

އަގު ވެއްޓިއްޖެ، އިންސާފަކުން ކުރާނެ ކަމެއް ނެތް: މަރިޔަމް ރަޝީދާ
Raajje

އަގު ވެއްޓިއްޖެ، އިންސާފަކުން ކުރާނެ ކަމެއް ނެތް: މަރިޔަމް ރަޝީދާ

ޕާކިސްތާނަށް ޖާސޫސު ކުރާ ކަމަށްބުނެ އިންޑިއާގެ ޖަލުގައި ދިން އަނިޔާއާ ގުޅޭގޮތުން މަރިޔަމް ރަޝީދާ އޭނާގެ ތަޖުރިބާ ހިއްސާކޮށްފިއެވެ. އިންޑިއާގެ ދަ ހިންދޫ ނޫހަަށް މައުލޫމާތު ދެމުން އޭނާ ބުނީ 30 އަހަރުވަންދެން އެ ހިތްދަތިކަމާއި ބިރުވެރިކަމެއްގެ ތެރޭގައި އުޅުމަށްފަހު ލިބުނު އިންސާފަކީ އިންސާފެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި ކިތަންމެ ލާރިއެއް ދިން ނަމަވެސް އޭނާ ޒުވާންއިރު ވެއްޓުނު އަގު އަނބުރާ ނުލިބޭނެކަމަށް ވެސް އޭނާ ބުންޏެވެ. މަރިޔަމް ބުނީ ކެރަލާ ފުލުހުންގެ ސަބަބުން އޭނާ […]

މަސްވެރިކަމުގައި ބައިވެރިނުވާ ގޮތަށް އޮޑިދޯނިފަހަރުގައި ބިދޭސީން ގެންގުޅެން ހުއްދަ ދީފި
Raajje

މަސްވެރިކަމުގައި ބައިވެރިނުވާ ގޮތަށް އޮޑިދޯނިފަހަރުގައި ބިދޭސީން ގެންގުޅެން ހުއްދަ ދީފި

ރާއްޖޭގެ މަސް ބާނަން ބޭނުން ކުރާ އޮޑި ދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީންދީފިއެވެ. ގަވާއިދާ ހިލާފަށް ބިދޭސީން ދޯނިތަކުގައި މަސައްކަތް ކުރުމުން ރާއްޖޭގެ މަސްވެރިކަމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ބޭރުގެ ރީޓެއިލަރުން ގަބޫލު ކުރާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އެހެންކަމުން މި ހުއްދަ ދިނުމުން އިންޑަސްޓްރީއަށް ވެސް ފައިދާ ވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ މި ހުއްދަ ދޭން ނިންމީ […]

އިސްރާއީލުގައި މިހާރު މާސްކު ނާޅައި އުޅެވޭނެ
International

އިސްރާއީލުގައި މިހާރު މާސްކު ނާޅައި އުޅެވޭނެ

އިސްރާއީލުގައި މާސްކު ނާޅައި އުޅެވޭގޮތަށް ހަދައިފިއެވެ. އެ ގައުމުން މިއަދު އެގޮތަށް ނިންމީ އެ ގައުމުގެ ބޮޑު އާބާދީއެއް ވެކްސިން ފުރިހަމަ ކުރުމާ ގުޅިގެންނެވެ. މިއީ މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވާލި ފުރަތަމަ ގައުމެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މަާސްކު އެޅުން މިހާރު މަޖުބޫރު ނޫނަސް އާއްމުން އެއްވާ ތަންތަނުގައި މާސްކު އެޅުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. މިއަދު ދިން ލުއިތަކާއެކު އެ ގައުމުގެ ސްކޫލުތައް ވެސް މިހާރު […]

ރޯދަ މަހުގެ ފުރަތަމަ ހަފުތާ: 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކުރި
Business

ރޯދަ މަހުގެ ފުރަތަމަ ހަފުތާ: 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކުރި

ރޯދަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖެ އެތެރެ ކުރި 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވަނީ މި މަހުގެ 13އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ތެރޭގައި 20 ފޫޓުގެ367 ކޮންޓެއިނަރާއި 40 ފޫޓުގެ 360 ކޮންޓެއިނަރު ހިމެނެއެވެ. ރާއްޖެ އެތެރެކުރި ކާބޯތަކެތީގެ ތެރޭގައި 26520 ކޭސް ބިހާއި، 18،786 ބަސްތާ ފިޔާ […]

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ
Business

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

މިދިޔަ މަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާ ބަލާއިރު 13 އިންސައްތަ އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 266 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނީ 235 މިލިއަން ރުފިޔާއެވެ. މި ރިޕޯޓު ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއެވެ. މިއީ މިދިޔަ އަހަރުގެ […]