ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ ރަމަޒާން ބާޒާރުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ބާޒާރު މިއަހަރުގެ ކުރިއަށް ގެންދަން ނިންމާފައި އޮތީ މިމަހު 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު މި މަހުގެ ނިޔަލަށްކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މިއަހަރުގެ ޕްރޮމޯޝަންގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކުރާ ކޮންމެ 1000 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް އަދި ސުޕަމާޓުން ކުރާ ކޮންމެ 500 ރުފިޔާ އިންމަތީގެ ވިޔަފާރިއަކަށް ބާޒާރުގެ ލަކީ ޑްރޯގައި ބައިރވެރިވެވޭނެއެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގްރޭންޑު ޕްރައިޒްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަގުބޮޑުގިނަ އިނާމުތަކެއް ހިމެނޭ ޕެކޭޖުތަކެކެވެ.

އެއްވަނަ އިނާމުގެ ގޮތުގައި 55 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ޓެކްނޯ ދޮންނަ މެޝިނެއް އަދި ފިލިޕްސް ސައުންޑް ބާ އަކާއި ސެންފޯޑް އަވަނެއްވަނީ ހުށަހަޅައިފައެވެ. އަދި ދެވަނައަށް 55 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ހިޓާޗީ ވެކިއުމް ކްލީނާއަކާއި ކުކަރެއް ހުށަހަޅާފައިވާއިރު ތިން ވަނައިނާމުގެ ގޮތުހައި 43 އިންޗީގެ އޭއޯސީ ސްމާޓް ޓީވީއަކާއި ހިޓާޗީ ދޮންނަ މެޝިނަކާއި ހިޓާޗީ ވެކިއުމް ކްލީނާއެއް ވަނީ ހުށަހަޅައިފައެވެ.

މިއަހަރުގެ އެސްޓީއޯ ރަމާޒާން ބާޒާރުގައި އެ ކުންފުނިން ވިއްކާ ބައެއް ޕްރޮޑަކްޓުތަކުން ވެސް ބޮޑެތި ޑިސްކައުންޓުތަކެއް ލިބިގެންދާނެއެވެ. އެގޮތުން ހިޓާޗީން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ އިރު ނިޕޯން ކުލައިންނާއި ޓީވީތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.