މިދިޔަ މަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާ ބަލާއިރު 13 އިންސައްތަ އިތުރުވެއްޖެއެވެ.
ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 266 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނީ 235 މިލިއަން ރުފިޔާއެވެ.
މި ރިޕޯޓު ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާ ބަލާއިރު 13 އިންސައްތައިގެއިތުރުވުމެކެވެ.
މިދިޔަ މަހު އެންމެ ގިނައިން މުދާ އިމްޕޯޓު ކުރި ގައުމުތަކުގެ ތެރޭގައި އޮމާން އާއި އިންޑިއާ އަދި ސިންގަޕޫރު ހިމެނެއެވެ. އޮމާން އިން 465 މިލިއަން ރުފިޔާގެ މުދާއެތެރެކުރިއިރު އިންޑިއާ އިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއެވެ.
އިމްޕޯޓު އިތުރުވިނަމަވެސް މިދިޔަ މަހު އެކްސްޕޯޓު ވަނީ 21 އިންސައްތަ ދަށްވެފައެވެ. އެގޮތުން، މިދިޔަ މަހު 301 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސަޕޯޓު ކުރިއިރު މިދިޔަ އަހަރުގެ މާރިޗު މަހު 380 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއެވެ.
ރާއްޖެއިން މިދިޔަ މަހު އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށާއި ޖަޕާނާއި އިންޑިއާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!