ސަލްޓަންޕާކުގައި ހަދާފައިވާ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން ހަވާލުކޮށްފައިވާ ކުންފުނި ގެއްލިގެން ހޯދަން އިއުލާނުކޮށްފިއެވެ.

މި ޕާކު ހިންގަމުން އަންނަނީ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

Ad
rt

މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންހަވާލުކޮށްފައިވާ ކުންފުނިން އެތަން އޮޕަރޭޓް ކުރަމުން ނުދާ ކަމަށެވެ. އަދި އެ ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތް ކަމަށާއި، ކުންފުނީގެ އޮފީސް ހިންގާ އިމާރާތާއި ގުޅޭ މައުލޫމާތު ލިބިފައި ނުވާ ކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ބުނީ އެ ކުންފުންޏާ މުއާމަލާތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކުންފުނީގެ ފަރާތުން އެއްވެސް މީހަކާ މުއާމަލާތް ކުރެވޭނެ ގޮތެއްގޮތެއް އަދި ނުވާކަމަށެވެ.

މި އިއުލާނުގައި ސިޓީ ކައުންސިލުން ވަނީ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތް ނުވަތަ އެކުންފުނީގެ ޑިރެކްޓަރަކު 10 ދުވަހުގެތެރޭގައި ސިޓީ ކައުންސިލަށް ހާޒިރުނުވެއްޖެނަމަ އެ ކުންފުންޏާއެކު އެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރާނެ ކަމަށްވެސް ބުނެފައެވެ.

ވިންޓާ ތީމް ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަަނަ ދުވަހު ހުޅުވި ޕާކެކެވެ.