ބ. ކެންދޫ އާ އިންޖީނުގެއާއި އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެެވެ.
ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތް ކުރަން ޖެހޭނީ އެ ކުންފުނިން ދޭ ކުރެހުމާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ބިޑުގައި ބައިވެރިވުމަށް އެކުންފުނީގެ ހެޑް އޮފީހަށް ގޮސް އަންމަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ގެ ކުރިން ރަޖިސްޓްރީވުމަށް ފެނަކައިން ވަނީ އަންގައިފައެވެ.
މި ބިޑަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:30އިން ފެށިގެންނެވެ.
ފެނަކައިން ބުނީ މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާހާއި، ކުރެހުން އަދި ބީއޯކިޔު ހިމެނިފައިވާ ސީޑީ ބިޑުގައި ބައިވެރިވާން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ރަޖިސްޓަރކުރާ ވަގުތު ލިބޭނެ ކަމަށެވެ.
ފެނަކައިން އަންނަނީ އެކުންފުނީގެ ޚިދުމަތްދޭ ރަށްތަކުގެ އިންޖީނުގޭތަކުގެ އޮތުރުން އެ އިދާރާގެ އޮފީސްތައްވެސް ޒަމާނީކޮށް، ޒަމާނީ ފެންވަރަކަށް އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!