އިސްރާއީލުގައި މާސްކު ނާޅައި އުޅެވޭގޮތަށް ހަދައިފިއެވެ.

އެ ގައުމުން މިއަދު އެގޮތަށް ނިންމީ އެ ގައުމުގެ ބޮޑު އާބާދީއެއް ވެކްސިން ފުރިހަމަ ކުރުމާ ގުޅިގެންނެވެ. މިއީ މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވާލި ފުރަތަމަ ގައުމެވެ.

Ad
rt

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މަާސްކު އެޅުން މިހާރު މަޖުބޫރު ނޫނަސް އާއްމުން އެއްވާ ތަންތަނުގައި މާސްކު އެޅުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު ދިން ލުއިތަކާއެކު އެ ގައުމުގެ ސްކޫލުތައް ވެސް މިހާރު ވަނީ ހުޅުވާފައެވެ.

މި ނިންމުމާއެކު ދަރިވަރުން ސްކޫލުގައި ތިބޭ އިރު މާސްކު އެޅުން މަޖުބޫރު ވާނެއެވެ. ނަމަވެސް ޖިމް ގަޑި އާއި އިންޓަވަލް ގަޑި އައި ދެ ކްލާސް ދެމެދުގައި ހޭދަވާ ހުސްވަގުތުކޮޅުގައި މާސްކު އަޅާކަށް ނުޖެހޭނެއެވެ.

އެ ގައުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއްގެ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.