މާލެ ހުކުރި ކިސްކިތުގެ މުންނާރު ސާފުކޮށް އުވަލުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމާލައިފިއެވެ.

މި މަސައްކަތަކީ ހުކުރު މިސްކިތާއި މެދު ޒިޔާރަތުގެ އާބާތުރަ ފިލުވައި ޒީނަތްތެރި ކުރުމަށް ހެރިޓެޖް މިނިސްޓްރީއާ ގުޅިގެން އެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ފަށާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

Ad
rt

މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެކެވެ.

ސްޓެލްކޯއިން ވަނީ މީގެ ކުރިންވެސް މުންނާރު ސާފުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކޮށްފައެވެ.

ހުކުރު މިސްކިތު މުންނާރާއި މެދު ޒިޔާރަތް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ކަމާ ގުޅޭ ފަންނީ މީހުންގެއެހީތެރިކަމާއެކު އެވެ.