މާލޭގެ ބައެއް ސަރަހއްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައިމާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމަށެވެ.

Ad
rt

ނަމަވެސް، މަސައްކަތް ނިމުނުހާއަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ހިދުމަތް ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާށް އެދިފައެވެ.

"ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް” އަކީ މާލެެ އާއި ހުޅުމާލެ އާއި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މިޕްރޮޖެކްޓުގެ ސަބަބުން މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.