ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ހިނގާ ސަރަހައްދުގެ މަަސައްކަތް ކަމަށެވެ. މި މަސައްކަތުގެ 91 އިންސައްަތަ ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމުކޮށް، 38،916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމު ކުރުމުގެ އިތުރުން، 19،679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!