ހިޔާ ފްލެޓުތަކުގައި ގޭސް ހޮޅި އަޅަން މޯލްޑިވް ގޭސް އާ ހަވާލުކޮށްފިއެވެ.
މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި
އެޗްޑީސީން ބޫނީ މި ހޮޅިތައް ގުޅާނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރެޖް ޔުނިޓެއް ބަހައްޓައިގެން ކަމަށެވެ.
މިއީ ފްލެޓުތަކަށް ގޭސްފުޅި އަރުވާ ބޭލުމަކީ އުނދަގޫ އަދި ރައްކާތެރިކަމަކަށް ނުވާތީ އަޅާ ހޮޅިތަކެއް ކަމަށް އެޗްޑީސީން ބުންޏެވެ.
މި މަސައްކަތް މޯލްޑިވް ގޭސް އިން ކުރާނީ އެމްއެންޑީއެފްގެ ގަވާއިދުތަކާ އެއްގޮތަށެވެ.
މި އެއްބަސްވުމުގެ ދަށުން ގޭސް ސިސްޓަމް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމަން ވަނީ ހަމަޖެހިފައެވެ.
މި ހިދުމަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 20 އަހަރު ދުވަހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!