ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން ގަނެފައިވާ ބޯޓް މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއީ އެމްއެސްއެސް އިން ޝިޕިންއަށް ހާއްސަކޮށްގެން ގަނެގެން ގެނައި ފުރަތަމަ ބޯޓެވެ. ކުރިން އެ ކުންފުނިން ގެންގުޅުނީ ލީޒްއަށް ނެގި ބޯޓުތަކެކެވެ.

Ad
rt

އެކުންފުނިން ޗާޓަރުކޮށްގެން ގެނައި ފުރަތަމަ ބޯޓް ގެނައީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުއެވެ.

އެމްއެސްއެސްއިން މިފަހަރު ގެނެސްފައިވަނީ 680 ކޮންޓެއިނަރުގެ ބޯޓެކެވެ.

އެސްޓީއޯއިން ބުނީ ލަންކާއަށް ގެންގޮސް ބޯޓްގެ ބްރޭންޑިން މަސައްކަތްތައް ނިންމުމަށްފަހު މި ބޯޓު ބޭނުންކުރާނީ ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށް ކަމަށެވެ. އަދި މި ބޯޓުގެ ކުރޫއިންގެ 99 އިންސައްތައަކީ ދިވެހިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިންވަނީ މި މަހުޔެ ތެރޭގައި ބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިއުލާނުވެސް ކޮށްފައެވެ.