ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ނިމުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ވަނީ ތާރުއަޅައިފައެވެ. އަދި 25,513 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ހަދައި، 6،564 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ހަދައި، ފެންހިންދާ ނިޒާމެއް ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން، ކޭބަލް ޖަންކްޝަން ވަޅުލުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ކަފިހިހުރަސް ފާހަގަ ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.

މިއީ 43.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.