ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަންރީން ކުރަމުން އަންނަ މުވައްޒަފުންނާ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްދަލު ކުރައްވައިފިއެވެ.

އާޒިމް މި މުވައްޒަފުންނާ ބައްދަލު ކުރެއްވީ މިއަދު އެރަށަށް ޒިޔާރަތް ކުރައްވައެވެ.

Ad
rt

މި މުވައްޒަފުންނަކީ އެމްޓީސީސީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގައި މަސައްކަތް ކުރުމަށް ތަމްރީން ވަމުން އަންނަ މުވައްޒަފުންނެވެ.

މުޅި ރާއްޖެ އެއް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތިލަދުންމަތީގައި މި މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ކުޅުދުއްފުށީގައި ފެރީ ސްޓޮޕެއްވެސް ދަނީ ހަދަމުންނެވެ.

ފެރީ ނެޓްވޯކުގައި ބާރަށް ދުވާ ސްޕީޑް ލޯންޗުތައް ބޭނުން ކުރާއިރު ފުރަތަމަ ލޯންޗު ބަދެ މިހާރު ވަނީ ކާމިޔާބު ކަމާއެކު ޓެސްޓު ކޮށްފައެވެ.