ރެވެނިއު ސްޓޭމްޕްތަކުގެ ތެރެއިން ބޭނުން ނުކުރެވި ހުރި ސްޓޭމްޕްތަކަށް ރީފަންޑު ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކަނޑައެޅި މުއްދަތު މިއަދު ހަމަވެއްޖެއެވެ.
އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމާ ގުޅިގެން، މީރާއިން ވަނީ އެ އިދާރާއިން ވިއްކާފައިވާ ސްޓޭމްޕްތަކުގެ ރީފަންޑް ދިނުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މިކަމަށް އެދުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލީ އޯގަސްޓް 15އިން ފެށިގެންނެވެ.
ރެވެނިއު ސްޓޭމްޕް ގާނޫނު އުވާލުމާ ގުޅިގެން ބޭނުން ނުކުރެވިވާ ސްޓޭމްޕްތަކަށް ފައިސާ ބޭނުންވާ ފަރާތްތަކުން މިއަދުގެ ކުރިން "ރެވެނިއު ސްޓޭމްޕް ރީފަންޑު ކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ފޯމުގައިވާ ލިޔުންތަކަކާއެކު އެ އޮތޯރިޓީގެ ޓެކްސްޕެޔާ ސާވިސް ސެންޓަރަށް ހުށަހެޅުމަށް މީރާއިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.
މީރާއިން ވަނީ މި ފުރުސަތުގެ ދަށުން މިހާތަނަށް ވެސް ގިނަ އަދަދެއްގެ ސްޓޭމްޕް ރިފަންޑު ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!