މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން އަނެއްކާވެސް “ގޯލްޑް 100” އެވޯޑު ހާސިލު ކޮށްފިއެވެ.

ރޭ ބޭއްވި ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް، ދޭ އެވޯޑެކެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

Ad
rt

މިއީ އެބްޑަބްލިޔުއެސްސީއަށް މި އެވޯޑު ލިބުނު ފަސްވަނަ ފަހަރެވެ.

މި އެވޯޑު ހަފްލާގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކުންފުނިތަކަށް އެވޯޑު ދެއެވެ. މި އެވޯޑު ދެނީ އެކަމަށް އެކުލަވާލާ ހާއްސަ ބޯޑަކުން ބަލައި ޕޮއިންޓްދީގެންނެވެ.

އެވޯޑު ދިނުމުގައި، ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، އެ ކުންފުންޏަކާ ގުޅޭ ދާއިރާއަކުން ކާމިޔާބު އީޖަދުތައް ތައާރަފްކުރާ މިންވަރާއި، އިޖްތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތްތައް ކޮށްފައިވާ މިންވަރަށް ބަލައެވެ.

އެމްޑަބްލިޔުއެސްސީއަކީ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި ނަރުދަމާއާއި ގުޅުންހުރި ހިދުމަތްތައް ދެމުން އަންނަ ކުންފުންޏެވެ. އަދި އެ ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ ކުންފުންޏަކަށް ވާއިރު، އެ ކުންފުނިން މަސްވެރިންނަށް އައިސް ވެސް ފޯރުކޮށްދެއެވެ.

މީގެ އިތުރުން އެ ކުންފުންޏަކީ ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވަޔަރިންއަށް ބޭނުންވާ ހޮޅި އުފެއްދުމާއި، ފެން އުފައްދާ އާރުއޯ ފްލާންޓު އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލުކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.