ކުޅުދުއްފުށި ސިޓީގެ ބަނދަރު ސަރަހައްދު ސާފު ކުރުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކުޅުއްދުއްފުށީ ސިޓީ ކައުންސިލުން ބުނީ ބަނދަރު ސަރަހައްދުގައި ހެދިފައިވާ ވިނަ ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި އެމްޓީސީސީން ދޭ އެއްބާރުލުމަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

Ad
rt

އެ ސިޓީ މޭޔަރު ވެސް ވަނީ އެމްޓީސީސީން ފޯރުކޮށްދޭ އެހީ ފާހަގަ ކޮށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި އެ ކުންފުނީގެ ސީއީއޯ އަކީ ކުޅަދާނެ ލީޑަރެއް ކަމަށާއި އެ ކުންފުނިން ކުރާ މަސައްކަތް ގަބޫލު ކުރައްވާ ކަމަށް ވެސް އާތިފު ވިދާޅުވިއެވެ.

އެމްޓީސީސީން މީގެ ކުރިންވެސް ވަނީ އެކި ރަށްތަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ފޯރުކޮށްދޭ އެހީތެރިކަމެކެވެ.