ރޯދަމަހު އާ އުފެއްދުމެއް ނެރޭނެ: މިފްކޯ
މިއަހަރުގެ ރޯދަ މަހު އާ އުފެއްދުމެއް ތައާރަފުކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، މިފްކޯގެ ލައިފްސްޓައިލް ނުވަތަ ރޭޑީ ޓު އީޓް އުފެއްދުންތައް މިހާރު ވެސް ބާޒާރުން ލިބެން އެބަހުރި ކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރަނީ އެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރަން ޕްރޮޑަކްޝަން ރޭޓު އިތުރުކުރަން ކަމަށާއި އެ އުފެއްދުންތައް ތައްޔާރުކު...