މަދުން ނޫނީ ނުފެންނަ ބޯވައެއް އޮސްޓްރޭލިއާއިން ފެނިއްޖެއެވެ.
މި ބޯވަ ފެނިފައިވަނީ މެރިން ބައޮލޮޖިސްޓެއް ކަމަށްވާ ޖަސިންތާ ޝެކްލެޓަން ފީނަން ގޮސް އުޅެނިކޮށެވެ.
އޭނާ މި ބޯވައިގެ ފޮޓޯއާއޮ ވީޑިއޯތައް ވެސް ނަގާފައެވެ.
ޖަސިންތާ އާއްމުކޮށްފައިވާ ވީޑިއޯއިން ދައްކާގޮތުގައި މި ބޯވަ ފެންނަނީ ފޮތިކޮޅެއް ހެންނެވެ. މި ބޯވައަށް ކިޔަނީ “ބްލޭންކެޓް އޮކްޓޮޕަސް” އެވެ.
ޖަސިންތާ ބުނީ އޭނާއަށް މި ބޯވަ ފެނުމުން ހުރިހާ ގަބޫލު ނުކުރެވިފައި ކަމަށެވެ. އަދި ވި އުފަލެއްގެ ސަބަބުން ކަނޑު އަޑީގައި އޮވެގެން ބާރަށް ގޮވަން މަސައްކަތް ކުރި ކަމަށާއި ވީޑިއޯ ނަގަންވެސް ދަތިވި ކަމަށް އޭނާ ބުންޏެވެ.
މި ބާވަތުގެ ބޯވައަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބޯވައެކެވެ.
މި ބާވަތުގެ ފިރިހެން ބޯވައެއް އެންމެ ފަހުން ފެނިފައިވަނީ 2002 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!