މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
މިފްކޯއިން ބުނީ މިއަދުން ފެށިގެން މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓުފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ލިބޭނީ 12.08 ރުފިޔާއަށް ކަމަށާއި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ލިބޭނީ 14.26 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާ އިރު، އެކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިންވެސް ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އެސްޓީއޯއިން ޑީސަލް ލީޓަރެއް އިއްޔެއިން ފެށިގެން ވިއްކަނީ 12.44 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12.06 ރުފިޔާއަށެވެ.
ތެލުގެ އަގު ބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލުގެ ސަބަބުންނެވެ. ދުނިޔޭގެ ބާޒާރިގައި ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!