އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯ އަށް ލިބިއްޖެއެވެ.

އެސްޓީއޯ އިން ބުނީ މި ސްޓޭޓަސް އެކުންފުންޏަށް ލިބުނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލް އާއި ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޕްލެޓިނަމް ލެވެލްގައި ކަމަށެވެ. ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެންބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްކީމް މުހިއްމު ދައުރެއް އަދާކުރެއެވެ.

Ad
rt

އޭސީސީއޭގެ ސްޓޭޓަސް ލިބުމަކީ އެސްޓީއޯގައި ވަޒީފާ އަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް ކުންފުނިން ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަގީންކޮށްދޭ ކަމެއް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯ އަށް ލިބުމުން އެ ކުންފުނީގައި ވަޒީފާއަދާކުރާ އޭސީސީއޭ މެންބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕަމަންޓް (ސީޕީޑީ)ގެ ޝަރުތުތަކުގެ އިތުރުން ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޝަރުތުތަށް ފުރިހަމަ ވެގެންދާނެއެވެ.