ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އުރީދޫ އާއި ދިރާގަށް ދީފިއެވެ.
އެމްއެމްއޭއިން މި ގާނޫނުގެ ދަށުން އުރީދޫއަށް ދީފައިވަނީ އިލެކްޓްރޯނިކް މަނީ އިޝޫ ކުރުމުގެ ލައިސަންސާއި ރެމިޓަންސް ހިދުނަތް ދިނުމުގެ ލައިސަންސެވެ. ދިރާގަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތް ދޭން ބޭނުންވާ ލައިސަންސެވެ.
މި ލައިސަންސާއެކު ދިރާގާއި އުރީދުއަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އުރީދޫއަށް ދޫކޮށްފައިވާ ލައިސެންސްގެ ދަށުންދޭ ރެމިޓެންސް ހިދުމަތަކީ އެ ކުންފުނީގެ އެމްފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކުރެވިފައިވާ ހިދުމަތެކެވެ.
MMA issues the first two Payment Service Providers’ Licence under the National Payment System Act.https://t.co/JcG6zhXLLI pic.twitter.com/GVbpNhzlBr
— MMA (@MMA_Maldives) January 24, 2022
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން މަސައްކަތްކުރަމުން ގެންދަނީ ކުރިއަށް އޮތްތަނުގައިވެސް، ގައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!