ސްޓެލްކޯގެ ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑު މެދުވެރިކޮށް، ހުޅުލެއަށް ކަރަންޓުފޯރުކޮށްދޭން ފަށައިފިއެވެ.

އެ ކުންފުނިން ބުނީ، މާލެ ހުޅުމާލެ އަދި ހުޅުލެ ކަރަންޓު އެއް ވިއުގައަކުން ގުލާލުމައްޓަކައި، ހުޅުލޭގެ ގްރިޑާއި އިންޓަކަނެކްޝަން ގްރިޑް ގުޅުވާލީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

Ad
rt

ދެ ގްރިޑު ގުޅާލާފައިވަނީ، ހުޅުލެއަށް ކަރަންޓު ފޯރުވައިދިނުމަށް ސްޓެލްކޯއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން މާލޭއާއި ހުޅުމާލޭގައި 95 އެމްޕީވީގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައި ވާއިރު ހުޅުލޭގައި 8 އެމްޕީވީގެ ދެ ޓްރާންސްފޯމަރެއް ވަނީ ބަހައްޓާފަ އެވެ.

ގްރޭޓާ މާލޭ އިންްޓަކަނެކްޝަން މަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާޅޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 18 ގައެވެ.