އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް “ހައްޕު” ގޭމް ވިއްކަން ފަށައިފިއެވެ.
“ހައްޕު” އަކީ ފީކޮއި ބްރޭންޑުގެ ދަށުން އުފައްދާފައިވާ ބަސް ދިމާކުރާ ގޭމެކެވެ. މި ގޭމަކީ ދިވެހިން އުފައްދާފައިވާ ދިވެހި ގޭމެކެވެ.
މި ގޭމް ހަތް އަހަރުން ފެށިގެން މަތީގެ ކޮންމެ ބަޔަކަށް ވެސް ކުޅެވޭނެއެވެ. މީގެ ތެރޭގައި ފުރާވަރުގެ ކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ. މިއީ އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ވަގުތު ހޭދަ ކޮށްލަން ރަނގަޅު ގޭމެކެވެ.
މިއީ ގޭމެއްގެ އިތުރުން އިންސާނާގެ ބަސްކޮށާރަ އިތުރަށް މުއްސަނދި ކޮށްދޭ ގޭމެކެވެ. މި ގޭމުގައި 200 އަށްވުރެ ގިނަ ބަސްތައް ހިމެނޭއިރު ކުޑަކުދިންނަށް މީގެ ސަބަބުން ފައިދާވާނެއެވެ.
މި ގޭމް ކުޅޭނީ ދެ ޓީމަކަށް ބަހާލައިގެންނެވެ. އެ ޓީމެއްގެ އެއް ކުޅުންތެރިޔަކު ޖެހޭނީ ބާކީ ތިބި ކުޅުންތެރިންނަށް ކާޑުގައިވާ ބަސް ކިޔައިދޭށެވެ. މިގޮތަށް ކިޔައިދޭއިރު ކާޑުގައި ހިމެނޭ “ހައްޕު” ބަހެއްް ދިމާވެއްޖެނަމަ އެ ޓީމެއްގެ އަތުން ޕޮއިންޓް ދޫވީއެވެ.
މިގޮތަށް އެންމެ ގިނަ ބަސް ދިމާކުރާ ޓީމު މޮޅުވީއެވެ. ކޮންމެ ޓީމަކުން ވެސް މަސައްކަތް ކުރަން ޖެހޭނީ “ހައްޕު” ބަސްތައް ނުކިޔައި ކާޑުގައިވާ ބަސް ދިމާ ކުރާށެވެ.
ކުރިއަށް އޮތީ ރޯދަ މަހަށްވާއިރު މިފަދަ ގޭމެއް ވެގެންދާނީ ހުސްވަގުތު ހޭދަ ކޮށްލަން ފުރިހަމަ އެއްޗަކަށެވެ.
Happu is a must have for your game nights with friends & family!
This all new Dhivehi guess-the-word game by feekoi...
Posted by Moolee on Tuesday, March 29, 2022
އުރީދޫ މޫލީން މި ގޭމް މިހާރު ލިބެން ހުންނައިރު ކޮންމެ ރަށެއްގައި ތިބެގެންވެސް މޫލީން ވިޔަފާރި ކުރެވޭނެއެވެ. މޫލީން ވިޔަފާރި ކުރުމުން ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!