ކޮންމެ ދުވަހަކު ހޮވާ އެސްޓްރޮނޮމީ ޕިކްޗާ އޮފް ދަ ޑޭ އަށް ރާއްޖޭގެ ފޮޓޯއެއް ހޮވިއްޖެއެވެ.

ރޭގަނޑުގެ ވަގުތެއްގައި ނަގާފައިވާ އެ ފޮޓޯއަކީ ހިތްގައިމު އަދި އެހާމެ ރީތި ފޮޓޯއެކެވެ. އެ ފޮޓޯ ނަގާފައިވަނީ ޗެކް ރިޕަބްލިކްގެ އިބްސްޓިޓިއުޓެއްގެ އެމްބެސެޑަރެއް ކަމަށްވާ ޕީޓާ ހޮރަލެކްްއެވެ.

Ad
rt

އޭނާ ނަގާފައިވާ ފޮޓޯއިން ފެންނަނީ ޅ. މަޑިވަރު މަލަމައްޗެވެ. އަދި އެއާއެކު މަޑިވަރުގެ މަތިން ޖައްވުގައި ހިމެނޭ ތަރިތައް ފެނެއެވެ.

އެ ފޮޓޯއާއެކު ފޮޓޯގައި ފެންނަން ހުރި ތަރިތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ. މިއީ ދުނިޔެ ހިމެނޭ މިލްކީވޭ އެންމެ ރީތިކޮށް ފެންނަން ހުރި އެއް ފޮޓޯކަމަށް ވަނީ ސިފަ ކޮށްފައެވެ.

ޕީޓާ މި ފޮޓޯ ނަގާފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ.

ނާސާއިން ކޮންމެ ދުވަހަކު މިގޮތައް އާފޮޓޯއެއް އާންމު ކުރެއެވެ. ކޮންމެ ދުވަހަކުވެސް އެސްޓްރޮނަމީ ދާއިރާގެ ތަފާތު އަދި އާދަޔާ ހިލާފު ފޮޓޯއެއް އެ އިދާރާއިން އަންނަނީ ހިއްސާ ކުރަމުން ނެވެ.