ރެންސަމްވެއާ އެޓޭކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިދުމަތް މެދުކެނޑުނު ގޮތަށް އަދިވެސް އެ މައްސަލަ ހައްލު ނުވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ހިދުމަތްތައް އަލުން ފެށުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން، ބައެއް ހިދުމަތްތައް ހެޑް އޮފީހުން ލިބޭނެގޮތް ހަމަޖައްސާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

Ad
rt

ހެޑްއޮފީހުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ ހިދުމަތް ހިމެނެއެވެ.

ސްޓެލްކޯގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ދެމުންއައި ހިދުމަތްތަކާއި، ރަށްރަށުން ފޯރުކޮށްދެމުން އައި ހިދުމަތްތައް މާދަމާ އަލުން ފެށުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ހިދުމަތްތައް އަލުން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓުން އަންނަނީ ކުރަމުންނެވެ.