ސްޓެލްކޯއަށް ރެންސަމްވެއާ އެޓޭކެއް ދިނުމުގެ ސަބަބުން އެ ކުންފުނިން ދެމުން އައި ހިދުމަތްތައް މެދުކެނޑިއްޖެއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ރެންސަމްވެއަ އެޓޭކަކާއި ގުޅިގެން، ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިފައިވާ ކަމަށެވެށެ.

Ad
rt

އެ އެޓޭކާއި ގުޅިގެން، ސްޓެލްކޯގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް އަލުން ފޯރުކޮށް ދިނުމަށް ވަގުތު ނަގާނެ ކަމަަސް ވެސް އެ ކުންފުނިން ބުންޏެވެ.

މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް އައިޓީ އިންޖީނިއަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.